އިންސާފާއި ހަމަތަކުގެ މަތިން ފްލެޓު ލިބިފައިވާ ރައްޔިތުންނަށް އެ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށް އިތުރަށް ލަސް ނުކުރައްވައި ފްލެޓުތައް ހަވާލު ކޮށްދެއްވުމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ގޮވާލައްވައިފިއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މޭޔަރ ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ހުރިހާ މައްސަލައެއްގެވެސް އަސްލަކީ ބޯހިޔާވަހަހިކަމުގެ ދަތިތައް ކަމަށެވެ.
އަދި މި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި ބޯހިޔާވަހިކަމަށް ޖެހިފައިތިބި މާލޭ ރައްޔިތުންނަށް ގޯތި ދީ، އެ ގޯތިތަށް ކަށަވަރު ކޮށްދިނުމުގެ ގޮތުން ރަޖިސްޓްރީ ހަވާލު ކޮށްފައިވަނިކޮށް، ގަވާއިދުން ބޭރުން އެއްވެސް ހަމައެއްނެތި ޝަރުތު ހަމަނުވާ ބަޔަކަށް ބިމާއި ގޯތި ބަހައިލުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް މޭޔަރ ވިދާޅުވިއެވެ.
މޭޔަރ ވަނީ މާލޭގެ ރައްޔިތުންގެ ތެރެއިން ގޯތީގެ ރަޖިސްޓްރީ ހަވާލު ކުރެވިފައިވާ ފަރާތްތަކާ ގޯތިތައް ހަވާލު ކުރުމަށް ގޮވާލައްވާފައެވެ. އަދި ފްލެޓުތައްވެސް ލަސްނުކުރައްވާ އޭގެ ހައްގުވެރި ފަރާތްތަކަށް އިންސާފުވެރިކަމާއެކު ދިނުމަށް މޭޔަރ ވަނީ ގޮވާލައްވާފައެވެ.
މޭޔަރ މިހެން ވިދާޅުވެފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓު އަންނަ ބުރާސްފަތި ދުވަހު އިއުލާންކުރައްވާނެ ކަމަށެވެ.
އަދި މި ލިސްޓު އާންމު ކުރެވޭއިރު އެ ލިސްޓުގައި ފްލެޓު ލިބޭ މީހުންގެ މައުލޫމާތުގެ އިތުރުން ނުލިބޭ ނަމަ، ނުލިބޭ ސަބަބު ވެސް ބަޔާންކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މާލޭގައި ހުރި ހުރިހާ މައްސަލަތަކެއްގެ އަސްލަކީ އެތައް ޒަމާނެއް ވަންދެން މިރަށުގެ ރައްޔިތުން ބޯހިޔާވަހިކަމުގެ ހައްގުން މަހުރޫމު ކުރުވާފައި އޮތުން.
— Mayor of Male’ City - Adam Azim (@adamazim) February 25, 2025
އެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި ބޯހިޔާވަހިކަމަށް ޖެހިފައި ތިބި މާލޭ ރައްޔިތުންނަށް ގޯތި ދީ،އެ ގޯތިތަށް…
މޭޔަރ މިހެން ވިދާޅުވެފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓު އަންނަ ބުރާސްފަތި ދުވަހު އިއުލާންކުރައްވާނެ ކަމަށެވެ.
އަދި މި ލިސްޓު އާންމު ކުރެވޭއިރު އެ ލިސްޓުގައި ފްލެޓު ލިބޭ މީހުންގެ މައުލޫމާތުގެ އިތުރުން ނުލިބޭ ނަމަ، ނުލިބޭ ސަބަބު ވެސް ބަޔާންކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު