އަންނަ ބުރާސްފަތި ދުވަހު ފްލެޓު ލިސްޓު އާންމު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން އިއުލާން ކުރެއްވީ ދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހުޅުދެލި ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މިކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ ފްލެޓް ލިސްޓު އާންމުކުރާއިރު ހުރިހާ ތަފްސީލެއްވެސް ހާމަ ކުރައްވާނެ ކަމަށާއި، ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ރައްޔިތުންނަށް ލިބޭނެ ކަމަށެވެ.
އެގޮތުން އެ ލިސްޓުގައި ފްލެޓު ލިބޭ މީހުންގެ މައުލޫމާތުގެ އިތުރުން ނުލިބޭ ނަމަ، ނުލިބޭ ސަބަބު ވެސް ބަޔާންކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ފްލެޓު ލިސްޓު އާންމު ކުރެއްވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހު ހައުސިން މިނިސްޓްރީން ބާއްވަވާ ޕްރެސް ކޮންފަރެންސަކަށް ފަހުގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ބޯހިޔާވަހިކަމުގެ ވައުދަކީ އެމަނިކުފާނުގެ އެންމެ މުހިއްމު އެއް ވައުދު ކަމަށާއި އެ މައްސަލަ އަދުލުވެރިކަމާއި އިންސާފުވެރިކަމާ އެކު ހައްލުކޮށްދެއްވާނެ ކަމަށެވެ.
ކުރީ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެގައި އިމާރާތް ކުރަމުން އަންނަ 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓެއް އޭރު އާންމުކުރިއެވެ. ނަމަވެސް ފްލެޓު ލިސްޓުގައި މައްސަލަތަކެއް އުޅޭ ކަމަށް ބުނެ އާންމުންގެ ކަންބޮޑުވުންތަކެއް ހުރުމާއެކު އެމައްސަލަ އޭސީސީއިން ބަލަން ފެށިއެވެ.
ފްލެޓު ލިސްޓާ ގުޅުން ހުރި މައްސަލަތައް ބަލާ ނިންމުމަށްފަހު، ރޯދައިގެ ކުރިން ލިސްޓު އާންމު ކުރައްވާނެ ކަމަށް ރިޔާސީ ބަޔާން އިއްވެވި ދުވަހު ރައީސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު