މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާގެ އޮންލައިން ޕޯޓަލް، ވާރުޕޭ މެދުވެރިކޮށް ހެޔޮކަންކަމަށް ހޭދަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެކަން އިފްތިތާހުކުރުމަށް މިއަދު އިސްލާމީ މަރުކަޒުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފަ އެވެ. އެކަން އިފްތިތާހުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްޒޭޝަން ހަސަން ޒަރީރު އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ވާރުޕޭ މެދުވެރިކޮށް ޙައިރާތުގެ ގޮތުގައި އެކި ހެޔޮ ކަންކަމަށް އޮންލައިންކޮށް ސަދަގާތް ކުރެވޭނެ ކަމަށެވެ. އޭގެ ތެރޭގައި މިސްކިތްތައް ބިނާކުރުމާއި މިސްކިތްތައް މަރާމާތު ކުރުން ހިމެނެ އެވެ. އަދި ގުރުއާން މަރުކަޒުތައް ގާއިމުކުރުމާއި ހެޔޮ އެކި ކަންކަމަށް ވެސް ސަދަގާތްކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ވިދާޅުވީ ދިވެހިންނަކީ ހެޔޮކަންކަމަށް ހޭދަކުރުމަށް ޝައުގުވެރިކަން ހުރި ބައެއް ކަމަށެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް އެހީތެރިވުމަށް ދިވެހިން ކުރަމުން ގެންދާ މަސައްކަތްތައް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
އަދި ރާއްޖޭން ބޭރުގެ އެކި ކަންކަމަށް އެހީތެރިވާ ފަދައިން ރާއްޖޭގެ އެތެރޭގައި ހުރި އެކި ހެޔޮ ކަންކަމަށްވެސް ހޭދަކުރުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އެގޮތުން ރާއްޖޭގެ އެކި ރަށްރަށުގައި މިސްކިތްތައް ބިނާ ކުރުމާއި ޤުރުއާން ކުލާސްތަކާއި ލައިބްރަރީތައް ޤާއިމް ކުރުން ފަދަ މުހިއްމު ކަންކަން ވެސް ކުރަން ޖެހިފައި އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު