މެޑަމް ސާޖިދާ، ފޮޓޯ: ހެލްތު މިނިސްޓްރީ
މެޑަމް ސާޖިދާ، ފޮޓޯ: ހެލްތު މިނިސްޓްރީ
ސަރުކާރުން މަސައްކަތް ކުރަމުންދަނީ ކިޑްނީ ބަލި ހުންނަ ފަރާތްތަކަށް ދިމާވާ ތަކުލީފުތަކަށް ލުއި ހޯދައިދޭން ކަމަށް ރައީސުލާޖުމްހޫރިއްޔާގެ އަނބިކަބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މެޑަމް ސާޖިދާ މިހެން ވިދާޅުވީ ހއ. އިހަވަންދޫ އާމިނާދިޔޯ ސިއްހީ މަރުކަޒުގައި ޑައިލިސިސްގެ ހިދުމަތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން މެޑަމް ސާޖިދާ ވިދާޅުވީ ޑައިލެސިސްގެ ހިދުމަތަކީ ފުރާނައާއި ގުޅިފައިވާ ފަރުވާއެއް ކަމަށާއި، މިއީ ވަކި ހާއްސަ ތަރުތީބެއްގެ ދަށުން ދޭން ޖެހޭ ފަރުވާއެއް ކަމަށެވެ. އަދި ޑައިލެސިސްގެ ހިދުމަތަކީ ދިގުދެމިގެންވާ ފަރުވާއަކަށްވީއިރު، މި ހިދުމަތް ހޯދުމަކީ ވަރަށް ހަރަދުބޮޑު ކަމެއް ކަމުގައިވެސް މެޑަމް ސާޖިދާ ފާހަގަ ކުރެއްވިއެވެ.

އަދި އަމިއްލަ ރަށުން މިފަދަ ހިދުމަތްތައް ނުލިބުމުގެ ސަބަބުން މާލެ ދާން ޖެހުމަކީ ހަރަދުބޮޑު، އަދި ބަލިމީހާއަށް އުފުލަން އުނދަގޫވާނެ ބުރައެއް ކަމުގައިވެސް މެޑަމް ސާޖިދާ ވިދާޅުވިއެވެ.

މެޑަމް ސާޖިދާ ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން މިހާރު މި ފަހިކޮށްދެއްވި ފުރުސަތުގެ ސަބަބުން މިފަދަ އެތައް އުދާސްތަކަކުން ބަލިމީހާ މިންޖުވެ، ހިދުމަތް ހޯދުމުގެ މަގު ކުރުވެ، ހިދުމަތް އަވަސްވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން މެޑަމް ސާޖިދާ ވިދާޅުވީ ކިޑްނީގެ ބަލި ތަހައްމަލްކުރާ މީހުންގެ އިހްސާސްތައް ދެނެގަންނަން ޖެހޭކަމަށާއި، އަދި އެފަރާތްތަކަށް އެންމެންވެސް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.

އިހަވަންދޫ އާމިނާދިޔޯ ސިއްހީ މަޒުކަރުގައި ޑައިލެސިސްގެ ހިދުމަތްދިނުން ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދެވެ.

އިހަވަންދޫގައި ހުންނަ އާމިނާދިޔޯ ސިއްހީ މަރުކަޒުގައި ޑައިލިސިސްގެ ހިދުމަތް ފަށާފައި ވަނީ 3 އެނދުގެ ޔުނިޓަކާއެކުގައެވެ. މީގެ ތެރެއިން އެއް އެނދު ހާއްސަކޮށްފައިވަނީ ޕޭޝަންޓުން އައިސޮލޭޓްކޮށްގެން ފަރުވާދޭން ޖެހިއްޖެ ހާލަތެއްގައިވެސް ބޭނުންކުރެވޭގޮތަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން