މި އަހަރުގެ ތެރޭގައި 9 ރަށެއްގައި ޑައިލެސިސް ހިދުމަތް ފެށިގެންދާނެ ކަމަށް ހެލްޓު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ ހއ. އިހަވަންދޫގައި ޑައިލިސިސްގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ނާޒިމް ވިދާޅުވީ އިހަވަންދޫގެ އިތުރުން 9 ރަށެއްގައި މިއަހަރުތެރޭ ޑައިލެސިސް ހިދުމަތް ފެށުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް މިހާރު ސަރުކާރުން ކުރަމުންދާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އާ ހިދުމަތްތައް ފުޅާ ކުރުމަށް ކުރާ މަސައްކަތްތަކުގެ އިތުރުން ޞިއްޙީ ނިޒާމަކީ ދެމެހެއްޓެނިވި ނިޒާމެއްކަން ކަށަވަރުކުރުމަށްޓަކާ މި ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތައްވެސް މި ސަރުކާރުން ގެންނަމުން ދާކަމަށެވެ.
އެގޮތުން ހެޔޮ އަގުގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، އާސަންދައަށް ގެންނަންޖެހޭ ބަދަލުތައް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން ސިއްހީ ދާއިރާއިން ގާނޫނާއި ގަވާއިދުތަކަށް ގެންނަން ޖެހޭ ހަރުދަނާ ބަދަލުތައްވެސް މި ސަރުކާރުން ގެންނަމުން ދާކަމަށް ވަޒީރު ފާހަގަ ކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ 5 އަހަރުގެ ދައުރު ނިމޭއިރު އެމަނިކުފާނު ސިއްހީ ދާއިރާއިން ވެވަޑައިގެންފައިވާ ވައުދުތައް ހަގީގަތަކަށް ހައްދަވައި ދެއްވާނެ ކަމަށެވެ.
އިހަވަންދޫގައި ޑައިލިސިސްގެ ހިދުމަތް ފެށުމަކީ ރަައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވައުދެކެވެ. އެރަށު އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި މި ހިދުމަތް ފަށާފައިވަނީ 3 އެނދުގެ ޔުނިޓަކާއެކުގައެވެ. މީގެ ތެރެއިން އެއް އެނދު ހާއްސަކޮށްފައިވަނީ ޕޭޝަންޓުން އައިސޮލޭޓްކޮށްގެން ފަރުވާދޭން ޖެހިއްޖެ ހާލަތެއްގައިވެސް ބޭނުންކުރެވޭގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު