ޒަކިއްޔާގެ މަރުގެ މައްސަލާގައި ހޮޅުދޫ ރައްޔިތުން އިހުތިޖާޖު ކުރަނީ-
ޒަކިއްޔާގެ މަރުގެ މައްސަލާގައި ހޮޅުދޫ ރައްޔިތުން އިހުތިޖާޖު ކުރަނީ-
ޝައްކު އުފެދޭގޮތަށް މިދިޔަ ސެޕްޓެންބަރު މަހު ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރާ ގުޅިގެން އެ ރަށުގައި މިހާރު ކުރަމުންދާ އިހުތިޖާޖުތަކުގެ ތެރެއިން ހޮޅުދޫގެ ޕޮލިސް ސްޓޭޝަނަށް ގެއްލުންދިން މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ފުލުހަކަށް ހަމަލާދީ، ޕޮލިސް ސްޓޭޝަނަށް ވެސް ގެއްލުން ދިން މައްސަލައިގައި ދެ މީހުން ހައްޔަރުކުރީ އިއްޔެ އެވެ.

ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލު "ރަސް"އަށް މިއަދު ވިދާޅުވީ ހައްޔަރުކުރި ދެ މީހުން ޝަރުތުތަކާއެކު ރޭ ދޫކޮށްލައިފައިވާ ކަމަށެވެ. އޭގެ ތަފްސީލެއް ފުލުހުން ނުދެއެވެ.

ޒަކިއްޔާގެ މަރުގެ މައްސަލައިގައި އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފަ އެއް ނުވެއެވެ. އަދި އޭނާގެ މަރާ ގުޅިގެން އެއްވެސް މީހަކަށް އަދި ތުހުމަތުކުރެވިފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

އެހެން ނަމަވެސް ހޮޅުދޫގެ ގިނަ ރައްޔިތުން ބުނަނީ ޒަކިއްޔާ މަރުވީ އަމިއްލައަށް ކަމަށް ގަބޫލުކުރަން ދަތި ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކުރުމުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ހޮޅުދޫގެ ރައްޔިތުން ދަނީ ބުނަމުންނެވެ.

ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިިދިޔަ ހަފްތާގައި ހޮޅުދޫއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ޒަކިއްޔާގެ މަރަކީ އާދައިގެ މަރެއް ކަމަށް ނުބެލެވޭ ކަމަށާއި އެ މައްސަަަލައިގެ ތަހުގީގު ނުނިމިގެން އުޅެނީ ހަގީގަތް ހޯދަން ވަގުތު ނަގާތީ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން