މާލޭ ސަރަޙައްދަށް މޫސުން ގޯސްވެފައިވާތީ އެއްވެސް ގެއަކުން ކުނި ނުނެގި ހުރެއްޖެނަމަ ވެމްކޯގެ ހޮޓްލައިން ނަންބަރު 1666އަށް ގުޅައި އެ މަޢުލޫމާތު ޙިއްސާކޮށްދިނުމަށް ވެމްކޯއިން މިއަދު އިލްތިމާސްކޮށްފިއެވެ.
އެގޮތުން ވެމްކޯއިން ވަނީ މިދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވާތީ އުކާލާ ކުނި މަގުމަށްޗަށް ނުވަތަ އާންމު ސަރަޙައްދުތަކަށް ނުނެރުމަށް އެދިފައެވެ. އަދި އެއްވެސް ގެއަކުން ކުނި ނުނެގި ހުރިކަން ފާހަގަކުރެއްވިއްޖެނަމަ ނުވަތަ ޚިދުމަތް ނުލިބޭނަމަ ވެމްކޯގެ ހޮޓްލައިނަށް ގުޅުމަށްވެސް އެކުންފުނިން އެދިފައިވެއެވެ.
ހަމައެއާއެކު ވެމްކޯއިން ވަނީ ރަމަޟާންމަހު ކުނި ނަގާ ވަގުތުތަކަށްވެސް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ރަމަޟާންމަހު މާލޭގެ ގޭބިސީތަކުން ކުނި ނެގުމުގެ ޚިދުމަތް ދޭނީ ރޭގަނޑު 08:30 އިން ދަންވަރު 02:30 އަށެވެ.
އަދި ހުޅުމާލޭގައި ރަމަޟާން މަހު ކުނި ނެގުމުގެ ޚިދުމަތް ދޭނީ ރޭގަނޑު 09:00 އިން ދަންވަރު 01:00 އާ ހަމައަށެވެ. އަދި ވިލިމާލޭގައި ޚިދުމަތް ދޭނީ ރޭގަނޑު 09:30 އިން ދަންވަރު 01:30 އަށެވެ.
ހަމައެއާއެކު ވެމްކޯއިން ވަނީ ކުނި ނެރުމުގައިވެސް، ބިއްލޫރި ނުވަތަ ތޫނު އެއްޗެއް އުކާލާނާމަ، އެއިން ވެށިފާރަވެރިންނަށް ގެއްލުން ނުވާނެހެން ރަނގަޅަށް ބަންދު ކޮށްފައި ވަކިން ބެހެއްޓުމަށް އިލްތިމާސް ކޮށްފައެވެ.
ރޯދަމަހު މާލޭ ސަރަޙައްދުގައި ކުނީގެ ގޮތުގައި އުކާލާތަކެތި އިތުރުވާތީ އީޕީއޭ އިންވެސް ވަނީ މަގުމައްޗާއި ދުވާރު މަތީގައި ކުނި އިތުރުނުވާނެ ގޮތަށް ޢަމަލުތައް ބެހެއްޓުމަށް އިރުޝާދު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު