ކޯވިޑް-19 އާއި ގުޅިގެން ފެމިލީ ކޯޓުގެ އިތުރުން ރާއްޖޭގެ ހުރިހާ ކޯޓެއްގައި ވެސް ކައިވެނި ކޮށްދިނުން ވަނީ މެދުކަނޑާލާފައެވެ.
ފެމިލީ ކޯޓުން މަޢުލޫމާތު ދޭ ގޮތުގައި އެ ކޯޓުގައި ހަފުތާއަކު ދެ ދުވަހު ކައިވެނި ކޮށްދޭ ގޮތަށް މިހާރު ވަނީ ނިންމާފައެވެ. މީގެ ކުރިން ގޭގެއަށް ގޮސްގެން ވެސް ފެމިލީ ކޯޓުން ކައިވެނިކޮށްދެއެވެ. ނަމަވެސް މިހާރު އެކަން ވަނީ މެދުކަނޑާލާފައެވެ.
ހަލުއިކަމާއެކު ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ސަރުކާރުގެ އޮފީސްތަކާއި ސްކޫލުތަކާއި ކޮލެޖުތައް ބަންދުކުރިތާ މިއީ ތިން ވަނަ ހަފުތާ އެވެ. ކޯޓުތަކުގައި ކައިވެނިކޮށްދޭން ނިންމީ ބަންދު ދިގުލައިގެންދާނެ މުއްދަތެއް ނޭނގޭތީއެވެ. ކޯޓުގައި ކައިވެނިކޮށްދިނަސް، ކައިވެނީގެ މަޖިލީހުގައި ބައިވެރިވެވޭނީ ކައިވެނިކުރާ ދެ މީހުންނާއި ހެކިވެރިންގެ އިތުރުން ވަލީ ވެރިޔާއަށެވެ. އިތުރު މީހަކަށް އެ މަޖިލީހުގައި ބައިވެރިއެއް ނުވެވޭނެއެވެ.
ކައިވެނީގެ އިތުރުން ވަރި ސާބިތުކޮށްދިނުމާއި، ގެވެށި އަނިޔާގެ މައްސަލަތަކާއި، ދަރިންގެ މައްސަލަތަކުގެ އަޑުއެހުންތައް ވެސް ފަށަން ވަނީ ނިންމައިފައެވެ.
ކޯވިޑް-19 ގެ ސަބަބުން ސަރުކާރު އޮފީސްތައް ބަންދުކޮށްފައިވީނަމަވެސް ރައްޔިތުންނަށް ޢަދުލު އިންސާފު ކަށަވަރުކޮށްދިނުމަށް ކުރާ މަސައްކަތް މެދުނުކެނޑި ކުރިޔަށް ގެންދިއުމުގެ ގޮތުން ކޯޓުތަކަށް އީމެއިލް މެދުވެރިކޮށް މައްސަލަ ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު