38 މީހުންނާއެކު ދަތުރުކުރަނިކޮށް ފަޅައިގެންދިޔަ ސުވެނިއާ 34 ލޯންޗް
38 މީހުންނާއެކު ދަތުރުކުރަނިކޮށް ފަޅައިގެންދިޔަ ސުވެނިއާ 34 ލޯންޗް
38 މީހުންނާއެކު ދަތުރުކުރަމުން ދަނިކޮށް ފަޅައިގެންދިޔަ ލޯންޗެއް ތިލަފުއްޓަށް ވައްދާފައިވާ ކަމަށް ޤައުމީ ދިފާއީ ބާރުން ހާމަކޮށްފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ތިލަފުށްޓާ ދިމާ ބޭރުން ދަތުރުކުރި "ސުވެނިއާ 34" ލޯންޗު ފަޅައިގެން ގޮސް ދިޔަވަމުންދާ ކަމުގެ މަޢުލޫމާތު މިއަދު މެންދުރު ކޯސްޓްގާޑަށް ލިބުނު ކަމަށެވެ.

38 މީހުންނާއެކު ދަތުރު ކުރަމުންދިޔަ މިލޯންޗަށް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދިން ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

“މައުލޫމާތު ލިބިފައިވާގޮތުގައި އެއުޅަނދުގައި 38 މީހުން (34 ޓޫރިސްޓުންނާއި، 4 ކްރޫއިން ) ދަތުރު ކުރި.” ޤައުމީ ދިފާއީ ބާރުން ބުނެފައިވެއެވެ.

އޭގެ ކުޑައިރުކޮޅެއް ފަހުން އެމްއެންޑީއެފުން ބުނެފައިވަނީ ކޯސްޓް ގާޑްގެ އެހީތެރިކަމާއެކު އެލޯންޗް މިއަދު މެންދުރު 14:00 ހާއިރު ތިލަފުއްޓަށް ވައްދާފައިވާ ކަމަށެވެ.

“މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވޭ.” އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

ދަތުރުކުރަމުން ދިޔަ ލޯންޗެއް ފަޅައިގެން ގޮސްފައިވާއިރު މިއީ މިއަދު ކަނޑުމަތީގައި ހިނގި މިފަދަ ދެވަނަ ޙާދިސާއެވެ. މިއަދު ހެނދުނުވެސް ވަނީ 48 މީހުންނާއެކު ދަތުރުކުރި ލޯންޗެއް ފެތިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން