މި ރަމަޟާން މަހު ފުރަތަމަ ދުވަހު މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކޮށްފައިވާ ވަރު މަދު ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.
އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ސްޓެލްކޯއިން ބުނެފައިވަނީ އިއްޔެ މާލެއާއި ހުޅުމާލޭގައި ކަރަންޓު ބޭނުން ކޮށްފައިވާ ގޮތަށް ބަލާއިރު، އިއްޔެއަކީ ވިއްސާރަ އަދި ސްކޫލުތަކާއި އޮފީސްތައް ބަންދު ދުވަހަކަށް ވުމާއެކު ކަރަންޓު ބޭނުންކޮށްފައިވާ އަދަދު ވަނީ ބޮޑު ތަނުން ދައްވެފައި ކަމަށެވެ.
އެގޮތުން ސްޓެލްކޯއިން ބުނެފައިވަނީ ހޮނިހިރު ދުވަހުގެ އެންމެ ޕީކް ގަޑީގައި ބޭނުން ކޮށްފައިވަނީ 78 މެގަވޮޓް ކަރަންޓު ކަމަށެވެ.
ރޯދަ މަހުގެ ކުރިން ޕީކް ގަޑީގައި ކަރަންޓު ބޭނުން ކުރާ މިންވަރު އެވްރެޖުކޮށް ހުރީ 100 މެގަވޮޓް އިން މަތީގައި ކަމަށް ސްޓެކްކޯއިން ވަނީ ބުނެފައެވެ.
ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓު ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.
އެގޮތުން ކޮންމެ ގޭބިސީއެއްގެ ކަރަންޓު ބިލުންވެސް މި ރޯދަ މަހު މަދުވެގެން 10 ޕަސެންޓުގެ ޑިސްކައުންޓެއް ދޭނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ރޯދަ މަހުގެ ފުރަތަމަ ދުވަހު މާލެއާއި، ހުޅުމާލޭގައި ކަރަންޓު ބޭނުންކުރެވިފައިވާ ގޮތަށް ބަލާއިރު، ވިއްސާރަ ދުވަހަކަށްވުމުންނާއި، ސްކޫލްތަކާއި އޮފީސްތައް ބަންދުވުމާއެކު، ކަރަންޓު ބޭނުން ކުރި މިންވަރު ވަނީ ވަރަށް ބޮޑުތަނުން ދަށަށްގޮސްފައި. އެގޮތުން އެންމެ ޕީކްގައި 78 މެގަވޮޓް… pic.twitter.com/8DoSLqHspk
— STELCO (@STELCOMALDIVES) March 2, 2025
ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓު ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.
އެގޮތުން ކޮންމެ ގޭބިސީއެއްގެ ކަރަންޓު ބިލުންވެސް މި ރޯދަ މަހު މަދުވެގެން 10 ޕަސެންޓުގެ ޑިސްކައުންޓެއް ދޭނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު