މޯލްޑިވިއަންގެ ވައިޑް ބޮޑީ ފްލައިޓު: ފޮޓޯ، ގޫގުލް
މޯލްޑިވިއަންގެ ވައިޑް ބޮޑީ ފްލައިޓު: ފޮޓޯ، ގޫގުލް
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފުރަތަމަ ވައިޑް ބޮޑީ ފްލައިޓުން އިންޑިއާގެ ދެ ސިޓީއަކަށް ދަތުރުތައް ފަށައިފިއެވެ.

އެގޮތުން އޭ 330 ފްލައިޓުން މިހާރު ސީދާ ދަތުރުތައް ކުރަނީ އިންޑިއާގެ ކޮޗިން އަދި ޓްރިވެންޑްރަމަށެވެ.

މި ދެ ސިޓީއަކީވެސް ބޭސްފަރުވާ އަށް ގިނަ އަދަދެއްގެ ދިވެހީން ޒިޔާރަށް ކުރާ ސިޓީ ތަކަށްވީއިރު، މީގެ ކުރިން މި މަންޒިލުތަކަށް ދަތުރުކުރަމުން އައީ އޭޓީއާރު 72 އަދި އެއަރބަސް އޭ320 މަރުކާގެ މަތިންދާބޯޓުތަކުގައެވެ.

ނަމަވެސް މިހާރު ވައިޑް ބޮޑީ އެއާކްރާފްޓުން މި ދަތުރުތައް ކުރަށް ފަށާފައިވަނީ، މިދުވަސްވަރަކީ ޗުއްޓީ ދުވަސްވަރަކަށް ވުމާއި ގުޅިގެން ދަތުރުވެރިންގެ ޑިމާންޑް އިތުރުވުމުން ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.

މޯލްޑިވިއަނުން ބުނީ ކުރިއަށް އޮތްތަނުގައިވެސް ޑިމާންޑު ބޮޑުވާނަމަ އޭ330 ފްލައިޓުގައި އިންޑިއާގެ ރަށްތަކަށް މީހުން އުފުލުން ކުރިއަށް ގެންދާނެ ކަމަށެވެ.

މިއަހަރު ޖެނުއަރީ މަހު މޯލްޑިވިއަނުން ގެނައި ވައިޑް ބޮޑީ އެއާކްރާފްޓަކީ 264 މީހުންގެ ޖާގައިގެ ފްލައިޓެކެވެ. މި ފްލައިޓުން މިހާރު ޗައިނާގެ ތިން ސިޓީއަކަށް ޑައިރެކްޓު ފްލައިޓުތައް ފަށާފައިވާއިރު، ޔޫރަޕްގެ ގައުމުތަކަށް ދަތުރުތައް ފެށުމަށްޓަކައި އެހެން ވައިޑް ބޮޑީ ފްލައިޓެއް ހޯދުމުގެ މަސައްކަތް ވެސް މޯލްޑިވިއަނުން ވަނީ ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން