މަރްޔަމް ނަހްދާ ވަޙީދު   3 މާރިޗު 2025 - 11:28
މެލޭޝިއާގައި އުޅޭ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުން އަންނަނީ އަހުމަދު އުސެއިދު އިބްރާހިމް އަފީފް ނަމަކަށް ކިޔާ ޒުވާނެކެވެ.

އެ ޒުވާނާގެ އާއިލާއިން ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ޒުވާނާ ގެއްލުނީ އިއްޔެ މެންދުރު 03:00 ގެ ފަހުން ކަމަށެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީ އިން ބުނީ މެލޭޝިއާ ގައި ދިވެއްސަކު ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓު އެ މިނިސްޓްރީއަށް ލިބިފައިވާކަމަށާއި، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އަދި އެ ޒުވާނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ވީހާވެސް އަވަހަކަށް ހިއްސާކޮށްދިނުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު