ހުޅުމާލޭގައި ޢިމާރާތް ކޮށްފައިވާ ފްލެޓްތަކެއް
ހުޅުމާލޭގައި ޢިމާރާތް ކޮށްފައިވާ ފްލެޓްތަކެއް
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރި 4000 ފްލެޓް ދޫކުރުމަށް އާންމުކުރި ފްލެޓް ލިސްޓަށް 600 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅައިފި އެވެ.

ނިމިދިޔަ ސަރުކާރުގައި ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމުކުރި ނަމަވެސް މި ސަރުކާރުން އެ ލިސްޓު އަލުން ރިވިއުކޮށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ އާ ލިސްޓު އާންމުކޮށްފަ އެވެ. އަދި އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މަސް ދުވަހަށް އޮތީ ހުޅުވާލައިފަ އެވެ.

ހައުސިން މިނިސްޓްރީގެ އޮފިޝަަލަކު "ރަސް"އަށް މިއަދު ވިދާޅުވީ މިހާތަނަށް 675 ޝަކުވާ ފްލެޓް ލިސްޓާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެންމެ ގިނަ ބައެއްގެ ޝަކުވާ ހުށަހެޅީ ތިން ކޮޓަރީގެ ފްލެޓްތަކަށެވެ. އެއީ 452 ޝަކުވާ އެވެ. އަދި ދެ ކޮޓަރީފެ ފްލެޓްތަކަށް 223 ޝަކުވާ ހުށަހެޅި އެވެ.

މި ސަރުކާރުން ފްލެޓް ލިސްޓު ރިވިއުކުރުމުން ފްލެޓް ލިބެނީ 1802 މީހުންނަށެވެ. އޭގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓް 1423 މީހުންނަށް ލިބޭއިރު ދެ ކޮޓަރީގެ ފްލެޓް ލިބެނީ 397 މީހުންނަށެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 2 ގައި 17 އާއި 18 ބުރީގެ 32 ޓަވަރު ކުރީ ސަރުކާރުން ވަނީ އިމާރާތް ކުރަން ފަށާފައެވެ. އޭގޮތުން ޓަވަރުތަކުގެ ކޮންމެ ފްލޯއެއްގައި އަށް އެޕާޓްމެންޓް ހުންނައިރު އޭގެ ތެރޭގައި ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން