އިންޑިއާގެ ސަފީރު ގެމަނަފުށީ ޕްލާންޓުގެ މަސައްކަތް ފައްޓަވައިދެއްވަނީ، ފޮޓޯ: އިންޑިއަން ހައި ކޮމިޝަން
އިންޑިއާގެ ސަފީރު ގެމަނަފުށީ ޕްލާންޓުގެ މަސައްކަތް ފައްޓަވައިދެއްވަނީ، ފޮޓޯ: އިންޑިއަން ހައި ކޮމިޝަން
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ޕްރޮމޯޓު ކުރުމަށް އިންޑިއާއިން އެހީތެރިކަން ފޯރު ކޮށްދޭނެ ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖީ. ބަލަސުބްރަމާނިއަމް ވިދާޅުވެއްޖެއެވެ.

ސަފީރު ޖީ. ބާލަސުބްރަމަނިއަމް މިހެން ވިދާޅުވީ ގއ. ގެމަނަފުށީގެ އައިސް ޕްލާންޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ސަފީރު ވިދާޅުވީ ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓް ކުރުމަށް، މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ލިމިޓެޑްގެ ނަމުގައި ސަރުކާރުން އުފައްދާފައިވާ ކުންފުންޏާ އެކު ގުޅިގެން މަސައްކަތް ކުރަން ސަރުކާރާއެކު މިހާރު މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

މި ކުންފުންޏަކީ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް މުޖުތަމައަށް އެސިނާއަތުން ލިބިދޭ މަންފާ އިތުރުކުރުމަށްޓަކައި، ރާއްޖޭގައި ކުރާ މަސްވެރިކަމުން އުފައްދާ އުފެއްދުންތައް ބައިނަލްއަގްވާމީ ބާޒާރުގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމަށް ސަރުކާރުން އުފެއްދި ކުންފުންޏެކެވެ.

އިންޑިއާގެ ސަފީރު އިތުރަށް ވިދާޅުވީ ދިވެހި ސަރުކާރުން އިސްކަން ދޭ ހުރިހާ ދާއިރާތަކަށްވެސް އެހީވުމަށް އިންޑިއާއިން ތައްޔާރަށް އޮތް ކަމަށެވެ.

ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓު ކުރުމަށް އިންޑިއާއިން އެހީތެރިވެދޭނެކަން ހާމަކޮށްފައިވާއިރު، އިންޑިއާގެ އެހީގައި ރާއްޖޭގެ 6 ސަރަހައްދެއްގައި މަސް ފެކްޓަރީ ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން