މަޖިލިީހުގައި ޖަލްސާއެއް ހިނގަނީ
މަޖިލިީހުގައި ޖަލްސާއެއް ހިނގަނީ
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް ސަރުކާރުން ހުށަހަޅާ ޚާއްސަ ބިލުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު އޮންނާނެއެވެ.

"ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ޚާއްޞަ ބިލު 2020" ގެ ނަމުގައި ހުށަހަޅާ މި ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވަނީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނެވެ. އެ ބިލުގައި ބުނެފައިވާގޮތުން ކައުންސިލް އިންތިހާބު ބާއްވާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ހަވަނަ ދުވަހުގެ ކުރިންނެވެ.

އިންތިހާބުގައި ވާދަކުރެވޭނީ މިހާރުވެސް ކުރިމަތިލާފައިވާ ފަރާތްތަކަށް ކަމަށް ބިލުގައި ވެއެވެ. އަދި އިންތިޚާބު ބޭއްވުމާ ހަމައަށް މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދެމިގެންދާނެ ކަމަށްވެސް ބިލުގައިވެއެވެ. މި ބިލުގައި ބުނެފައިވާގޮތުން އިންތިހާބު ނިމުމާއި އެކު މި ގާނޫނު އުވިގެންދާނެ އެވެ.

ކޯވިޑް-19 އާ ގުޅިގެން ކައުންސިލް އިންތިހާބު މި އަހަރު ބޭއްވޭނެ ކަމަށް ލަފާ ނުކުރެވޭތީ މަޖިލީހުން އިލެކްޝަންސްއަށް ލަފާ ދިނީ އިންތިހާބު ފަސް ކުރުމުގެ ކަންކަން ހަމަޖެއްސުމަށް އެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށެވެ. އެހެންވެ އީސީން ވަނީ ސުޕްރީމް ކޯޓަށް އިންތިހާބާ ބެހޭގޮތުން ގޮތުން ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން