ޔޫކްރެއިން-ރަޝިޔާ ހަނގުރާމައަށް ޔޫކްރެއިނަށް އެހީވުމަށް އެމެރިކާއިން ދެމުންދިޔަ އަސްކަރީ އެހީތައް ކަނޑާލުމާއެކު ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ އެމެރިކާއާއެކު ސުލްހަވާން އެއްބަސްވެއްޖެއެވެ.
ޔޫކްރޭނުގައި ސުލްހަ ގާއިމު ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕާއެކު "ކަންކަން ރަނގަޅު ކުރަން" ބޭނުންވާ ކަމަށް ޒެލެންސްކީ މިހާރު ވަނީ ވިދާޅުވެފައެވެ. އަދި އޭނާ ވިދާޅުވީ މިދިޔަ ހަފްތާގައި އެމެރިކާގެ ރައީސާއެކު ހިނގި ހަމަނުޖެހުމަކީ "ހިތާމަވެރި" ކަމެއް ކަމަށާއި ރަޝިޔާގެ ތިން އަހަރު ދުވަހުގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި އެމެރިކާއާއެކު މަޝްވަރާކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒެލެންސްކީ ވިދާޅުވީ ޔޫކްރޭން އޮތީ ސުލްހަ ގާއިމުކުރަން ވީހާވެސް އަވަހަކަށް މަޝްވަރާގެ މޭޒަށް އަންނަން ތައްޔާރަށް ކަމަށެވެ. ޔޫކްރޭންގެ ރައްޔިތުންނަށްވުރެ ބޮޑަށް އެހެން އެއްވެސް ބަޔަކު ސުލްހަ ބޭނުމެއް ނުވާނެ ކަމަށާއި އޭނާ އާއި އޭނާގެ ޓީމު އޮތީ ރައީސް ޓްރަމްޕްގެ ވަރުގަދަ ލީޑަޝިޕްގެ ދަށުން މަސައްކަތް ކުރަން ތައްޔާރަށް ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.
ޒެލެންސްކީ ވިދާޅުވީ ވައިގެ މަގުން ދޭ ހަމަލާތަކުގެ ތެރެއިން، މިސައިލް، ދުރު ރާސްތާގެ ޑްރޯން، ހަމަލާތަކާއި ކަނޑުގެ މަގުން ދެމުންގެންދާ ހަމަލާތައްވެސް ޔޫކްރޭނުން ހުއްޓާލުމަށް އެއްބަސްވާން ތައްޔާރަށް އޮތް ކަމަށެވެ.
ރައީސް ޒެލެންސްކީ މިފަދަ ޕޯސްޓެއް ކުރައްވާފައި މިވަނީ ރައީސް ޓްރަމްޕާއެކު ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމަށް ފަހުގައިކަން ފާހަގަ ކުރެވެއެވެ.
މީގެ ކުރިން ރައީސް ޓްރަމްޕު ވަނީ ރަޝިޔާގެ ރައީސް އާ ބައްދަލުކުރައްވާފައެވެ. އަދި ޔޫކްރެއިންގެ ގުދުރަތީ މުއްސަނދިކަން ބޭނުންވާކަމަށްވެސް ޓްރަމްޕު އޭރު ވިދާޅުވިއެވެ. އޭގެ ފަހުން ޔޫކްރެއިން އާއި އެމެރިކާ އާ މައްސަލަ ޖެހެން ފެށިއެވެ. އަދި ދެގައުމުގެ ރައީސުންވެސް ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލުކުރިކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު