ގަވައިދާ ހިލާފަށް ގަރާޖެއް ހިންގަމުން ދިޔަ ދެ ބިދޭސީން އިމިގްރޭޝަނުން އަތުލައިގެންފި އެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ބުނީ "އިމިގްރޭޝަން ވޮޗް" އަށް ލިބުނު ރިޕޯޓަކާ ގުޅިގެން އިއްޔެ މެންދުރުފަހު މާލޭގެ ގަރާޖެއް ބަލައި ފާސްކުރި ކަމަށެވެ. އަދި އެތަނުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުންދިއަ ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައިކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކޮށް ވިޔަފާރިކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތައް މި ރަމަޟާން މަހުގައި ވެސް ހުއްޓުމެއްނެތި ކުރިއަށްދާނެކަމަށް އިމިގްރޭޝަންއިން ބުންޏެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުއިރު ގަވައިދާ ހިލާފަށް ވިޔަފާރިކުރާ މައްސަލަވެސް ބޮޑެވެ. އިމިގްރޭޝަނުން ހިންގާ ރެއިޑްތަކުގައި ވެސް ބޮޑަށް އިސްކަން ދެނީ ގަވައިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށެވެ.

ކިޔުންތެރިންގެ ހިޔާލު