މެލޭޝިއާގައި ގެއްލިގެން ހޯދަމުން އައި ދިވެހި ޒުވާނާ އަހުމަދު އުސެއިދު އިބްރާހިމް އަފީފު ހުރީ އެ ގައުމުގެ ފުލުހުންގެ ބެލުމުގެ ދަށުގައި ކަން މިއަދު ހާމަވެއްޖެއެވެ.
އުސެއިދުގެ އާއިލާއިން މިއަދު ނޫސްތަކަށް މައުލޫމާތުދެމުން ބުނެފައިވަނީ އުސެއިދު މެލޭޝިއާގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މީހަކަށް ފޮލޯ ކުރި ކަމުގެ ޝަކުވާއެއް ލިބުމުން ކަމަށެވެ. އަދި ތަހުގީގު ނިމުނުހާ އަވަހަަކަށް އުސެއިދު ދޫކޮށްލާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް އޭނާގެ އާއިލާއިން ވަނީ ހާމަކޮށްފައެވެ.
އަދި މިހާރު އުސެއިދުއާ ބައްދަލުވެފައިވާ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށްވެސް އުސެއިދުގެ އާއިލާއިން ވަނީ ބުނެފައެވެ.
މެލޭޝިއާގައި ތައުލީމް ހާސިލް ކުރަމުންދާ އުސެއިދު ގެއްލިގެން އޭނާގެ އާއިލާއިން ހޯދަން ފަށާފައި ވަނީ އާދީއްތަ ދުވަހުގެ މެންދުރުން ފެށިގެންނެވެ.
މިކަމާ ގުޅިގެން މައުލޫމާތު ދެމުން އުސެއިދުގެ ބައްޕަ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ހާއްސަ މަޖިލީހުގެ ބ. އަތޮޅު ދާއިރާގެ މެންބަރުކަން ކުރެއްވި އަދި އިމިގްރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްކަން ކުރިން ކުރެއްވި އިބްރާހިމް އަފީފް އިއްޔެ ވިދާޅުވީ އުސައިދު އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އާދިއްތަ ދުވަހުގެ މެންދުރުފަހު 15:15 ގައި ސަންވޭ ޖީއޯ ސަރަހައްދުން ކަމަށެވެ.
އެއަށްފަހު އުސައިދުގެ އެއްވެސް ހަބަރެއް ނުލިބުމާ ގުޅިގެން، އެރޭ 22:00 ގައި މެލޭޝިއާ ފުލުހުންނަށް މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް އުސައިދުގެ ބައްޕަ ވިދާޅުވިއެވެ. އަދި ހަމަ އެދުވަހު މެލޭސިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނަށް ވެސް އެކަން އެންގި ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު