بسم الله الرحمن الرحيم الحمدُ للهِ ربِّ العَالمين، والصَّلاةُ والسَّلامُ على نبيِّنا محمدٍ وعلى آله وأصحابِه أجمَعين، ومن تبعهُم بإحسانٍ إلى يومِ الدِّين، وبعد:
މާތް ނަބިއްޔާ މުޙައްމަދުﷺ އަކީ އެންމެ ފަހުގެ ނަބިއްޔާ އަދި ރަސޫލާއެވެ. އެންމެހައި އިންސާނުންގެ ރިވެތި ނަމޫނާއެވެ. އިތުރު އެކަލޭގެފާނުގެ ސީރަތުގެ އެކި މަރުޙަލާތަކުގައި ހިނގާފައިވާ ކަންކަމާއި ޙާދިސާތަކަކީ ކޮންމެ މީހަކު ވެސް ޝައުޤުވެރިކަމާއެކު ކިޔައިލާން ބޭނުންވާނެ ވާހަކަތަކެކެވެ.
މި ފޮތުގައި އެއްކުރެވިފައި މިވަނީ އެ މާތް ނަބިއްޔާﷺގެ ޙަޔާތްޕުޅުގެ މުހިންމު ބައެއް ކަންކަމާއި ޙާދިސާތަކުގެ މައްޗަށް އަޅުގަނޑު ލިޔުނު ތަރުބަވީ މައުޟޫޢުތަކެކެވެ. މި މައުޟޫޢުތަކުގެ ތެރޭގައި އިތުރު އެކަލޭގެފާނުގެ އަމިއްލަފުޅު ދިރިއުޅުއްވުމާ ގުޅޭ މުހިންމު ބައެއް ވާހަކަތަކާއި ނަބަވީ ދަޢުވަތާއި ނަބަވީ ދައުލަތުގެ މަރުޙަލާތަކުގެ މުހިންމު ކަންކަމާއި ޙާދިސާތަކާއި ޙައްޖަތުލްވަދާޢުގެ އަސަރުގަދަ ޚުޠުބާއާއި އިތުރު އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމުގެ ވާހަކަ ޚުލާޞާގޮތެއްގައި ގެނެސްފައިވާނެއެވެ.
މި މައުޟޫޢުތައް ލިޔެފައިވަނީ ޓީވީ މޯލްޑިވްސް އިން އަޅުގަނޑު ހުށަހަޅައިދިން "ރަޙުމަތުގެ ނަބިއްޔާ" ސިލްސިލާ ޕްރޮގްރާމުގެ ހުށަހެޅުންތަކުގެ މައްޗަށެވެ. ރަޙުމަތުގެ ނަބިއްޔާ ޕްރޮގްރާމަކީ ކީރިތި ރަސޫލާﷺގެ ސިޔަރަތާ ގުޅޭ ގޮތުން އެހާރާއި މިހާރު ލިޔެފައިވާ ޢިލްމީ ޞައްޙަ މަޞްދަރުތައް ދިރާސާކޮށް އޭގެ އަލީގައި ތައްޔާރުކުރި ޕްރޮގްރާމެކެވެ. ރަޙުމަތުގެ ނަބިއްޔާ ސިލްސަލާގައި ހުށަހެޅި ހުށަހެޅުންތަކުގެ މައްޗަށް ފޮތް ލިޔުމަކީ އަޅުގަނޑު ދެކެމުން ދިޔަ ހުވަފެނެކެވެ.
މި ހުވަފެން ޙަޤީޤަތަކަށް ވެގެން ދިޔައީ ޖިއްދާގައި ވަޒީފާ އަދާކުރަން ހުރި ދުވަސްވަރު ލިބުނު ހުސްވަގުތުތަކުގެ ތެރެއިންނެވެ. މިފޮތަކީ މި ސިލްސިލާގެ ފުރަތަމަ ފޮތެވެ. ކުރިއަށް ހުރި ފޮތްތަކުގައި މާތް الله އިރާދަކުރެއްވިއްޔާ ކީރިތި ރަސޫލާﷺ ދުނިޔެއަށް ގެނެސްދެއްވި ބަދަލުތަކުގެ ތެރެއިން ދީނީ، އިޖުތިމާޢީ، އަޚުލާޤީ، އިޤުތިޞާދީ، ޢިލްމީ، ސިޔާސީ ބަދަލުތަކާ ގުޅޭ ގޮތުން ލިޔާނަމެވެ.
މިފޮތުގައި ހިމާފައިވާ މަޢުލޫމާތުގެ މައިގަނޑު މަޞްދަރަކީ (އަލްމައުސޫޢަތުލްމުޔައްސަރަތު ފިއްތަޢުރީފި ބި ނަބިއްޔިއްރަޙުމަތި) މިފޮތެވެ. މި ފޮތަކީ ސަޢޫދީ ޢަރަބިއްޔާގެ ރާބިޠަތުލްޢާލަމިލްއިސްލާމީގެ ދަށުން އުފައްދާފައިވާ ބައިނަލްއަޤުވާމީ މުއައްސަސާއެއްކަމުގައިވާ (އަލްހައިއަތުލްޢާލަމިއްޔަތު ލިއްތަޢުރީފި ބިއްރަސޫލިﷺ ވަނުޞްރަތިހީ) މި މުއައްސަސާއިން ކީރިތި ރަސޫލާﷺ ގެ ޙަޔާތްޕުޅުގެ މައްޗަށް އެކުލަވައިލައިފައިވާ ޒަމާނީ އެންސައިކްލޮޕީޑިއާއެކެވެ. މިފޮތުގެ އިތުރުން އެކި ޙާދިސާތަކާއި ކަންކަމާ ގުޅޭ މަޢުލޫމާތުތަކުގެ މަޞްދަރުތަކަކީ އަލްއިމާމުލްބުޚާރީއާއި އަލްއިމާމު މުސްލިމުގެ ދެ ޞަޙީޙެވެ. ކީރިތި ރަސޫލާ ގެ މަތިވެރި ޝަޚުޞިއްޔަތާއި އެކަލޭގެފާނުގެ ނަބަވީ ޙަޔާތްޕުޅާ ގުޅޭ ގޮތުން ތަރުބަވީ ނަޒަރުން މި ފަދަ ފޮތެއް ޝާއިޢުކުރުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.
މިފޮތް ޝާއިޢުކުރުމުގެ މަޤުޞަދަކީ ކީރިތި ރަސޫލާﷺ ގެ ޙަޔާތްޕުޅުގެ މުހިންމު މަރުޙަލާތަކުގެ ވާހަކަތަކަށް ޝައުޤުވެރިވާ ފަރާތްތަކާއި ކިޔަވާ ކުދީންނަށް ފަސޭހައިން މަޢުލޫމާތު ލިބިގަތުމުގެ މަގު ފަހިކުރުމާއެކު އެކަންކަމުން ޢިބުރަތް ޙާޞިލްކުރުމެވެ.
ވަރަށް ބުރަކޮށް އުޅުއްވަމުން ވެސް ވަރަށް ދީލަތި ގޮތެއްގައި މި ފޮތުގެ ދިވެހި ބަސްމަގު ބައްލަވާލައްވައި އިޞްލާޙު ކުރަންޖެހޭ ކަންކަން އިޞްލާޙު ކުރައްވައި ދެއްވި ފުރިހަމަ އިރުޝާދުތަކަށް ޓަކައި އަޅުގަނޑުގެ ޢިއްޒަތްތެރި އަޚު އުސްތާޛު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަށް ވަރަށް އިޚުލާޞްތެރިކަމާއެކު ހިތުގެ އެންމެ ޢުމުޤުން ޝުކުރު ދަންނަވަމެވެ.
ދުޢާއަކީ މާތް الله މި މަސައްކަތް ޤަބޫލު ކުރައްވައި އިތުރު އެކަލޭގެފާނުގެ މަތިވެރި ޝަފާޢަތް އަޅުގަނޑުމެން އެންމެނަށް ދެއްވައި މި ފޮތުގެ މަންފާ އެންމެހައި މުސްލިމު އަޚުންނާއި އުޚުތުންނަށް މިންވަރު ކުރެއްވުމެވެ. - މުޙައްމަދު ޝަހީމް ޢަލީ ސަޢީދު -
01 ވަނަ ބައި
................
އިސްލާމީ ރިސާލަތުގެ މަރުކަޒު
ދުނިޔެ އޮތީ މުޞްލިޙަކަށް ބޭނުންޖެހިފައެވެ. އިންސާނިއްޔަތުގެ ތެރޭގައި ޖަހާލަތުގެ އަނދިރިކަމާއި ޝިރުކުގެ ނުބައިކަން އިންތިހާއަށް ފެތުރި، އިންސާނުން ގެންދިޔައީ އިންސާނުންނަށް އަޅުކަންކުރަމުންނެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި އަނިޔާވެރިކަން ފެތުރިފައި އޮތީ އިންސާނުން ޙައިރާންކުރުވަނިވި ދަރަޖައަކަށެވެ. ސަމާވީ ދީންތައް އިންދިރާސްވެ ދުނިޔެ އޮތީ އިޞްލާޙީ އިންޤިލާބަކަށް އެދި ގޮވަގޮވައެވެ.
ކުރީގެ ނަބީބޭކަލުންނާއި ރަސޫލުބޭކަލުން، ފަހު ޒަމާނުގައި ނަބީބޭކަލަކު ފޮނުއްވާނެކަމުގެ ޚަބަރު ދެއްވައިފައިވުމުން އެ މަތިވެރި އުފާވެރި ޚަބަރަށް އިންތިޒާރުކުރަމުން ދިޔަ ބަޔަކު ވެސް ދުނިޔޭގައި އުޅެމުން ދިޔައެވެ. އެއުރެންގެ ތެރެއިން އެއްބަޔަކު އުޅެމުން ދިޔައީ ޔަޘްރިބު (މަދީނާ)ގައެވެ. އެއިގެ ތެރޭގައި ގިނައީ ބަނީއިސްރާއީލުގެ ދަރިކޮޅުގެ މީހުންނެވެ. ހަމަ އެހެންމެ މައްކާގައި ވެސް އިބްރާހީމްގެފާނުގެ ދީންމަތީގައި އުޅުނު މަދު ބަޔަކު އުޅެމުން ދިޔައެވެ.
މި ދެންނެވި ފަދަ ޙާލަތެއްގައި ދުނިޔެ ވަނިކޮށް، ތައުޙީދުގެ ރިސާލަތު އިޢުލާނުކުރެވިގެން ދިޔައީ މައްކާގެ ތެރެއިންނެވެ. ފަހު ޒަމާނުގެ ނަބިއްޔާގެ މަތިވެރި ޝަރަފް ލިބިވަޑައިގެން ރަޙުމަތުއްލިލްޢާލަމީންގެ މަތިވެރި މަޤާމް މާތްالله ދެއްވީ އިބްރާހީމްގެފާނުގެ ދަރިކަލުން އިސްމާޢީލްގެފާނުގެ ދަރިކޮޅުގެ ޤުރައިޝް ވަންހައިގެ މާތް ސާބިހާ މުޙައްމަދު ބުނު ޢަބްދުالله އަށެވެ. އެކަލޭގެފާނު އުފަންވެވަޑައިގަތީ މައްކާގެ އެންމެ އަބުރުވެރި އެންމެ ޝަރަފުވެރި އެންމެ ޢިއްޒަތްތެރި ޢާއިލާގެ ތެރެއިންނެވެ. އެކަލޭގެފާނުގެ ކާފާފުޅު އަބްދުލްމުއްޠަލިބުގެފާނަކީ ޤުރައިޝް ވަންހައިގެ ޒަޢީމެވެ. އެކަލާނގެފާނުގެ ބައްޕާފުޅު ޢަބްދުاللهގެފާނަކީ ޢަބްދުލްމުއްޠަލިބުގެފާނުގެ އެންމެ ލޯބިފުޅުވާ ދަރިކަލުންނެވެ.
ފަހު ޒަމާނުގެ ނަބަވީ ރިސާލަތާއި ތައުޙީދުގެ ދަޢުވަތުގެ މައި މަރުކަޒަކަށްވީ މައްކާއެވެ. އެ ކަމުގެ ސަބަބުން ދުނިޔޭގެ ކަންކޮޅުތަކަށް އެ ދަޢުވަތު ފެތުރިގެން ދިޔައެވެ. އެ ކަމުގައި ފާހަގަކޮށްލެވޭ މުހިންމު ދީނީ އިޖުތިމާޢީ ސަގާފީ ސިޔާސީ ބައެއް ސަބަބުތަކަށް އަލިއަޅުވައިލާން ގަސްތުކުރަމެވެ.
(ހ) މާތްاللهގެ މާތް ނަބިއްޔާ އިބްރާހީމް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ޢާއިލާ މައްކާގައި ވަޒަންވެރިކުރެއްވުމަކީ މި ކަމުގެ ފެށުމެވެ. އިސްމާޢީލްގެފާނާއި އެކަލޭގެފާނުގެ މަންމާފުޅު ހާޖަރުގެފާނާ އެކު އިބްރާހިމްގެފާނު މައްކާގެ ހަނަފަސް ބިމަށް ހިޖުރަކުރެއްވުމަކީ މަތިވެރި ތަދުބީރެއްގެ ފެށުމެވެ. އެ ހަނަފަސް ބިމަށް އެ ދެމައިކަނބަލުން ދޫކުރެއްވީ ހެޔޮ ދުޢާކުރައްވަމުންނެވެ. އެ ދެމައިކަނބަލުން ދޫކުރައްވައި އެ ވަޑައިގަންނަވަނީ ހަނަފަސް ބިމަކަށް ކަމަށާއި اللهގެ ރަޙުމަތާއި ފަޟުލުވަންތަކަން އެ ދެމައިކަނބަލުންނަށް ދެއްވައި ތަނަވަސް ރޯދި ބަރަކާތާއި ބާއްޖަވެރިކަމާއި އަމާންކަން ދެއްވުމަށް އެދި ދުޢާކުރައްވައި އެ ދެމައިކަނބަލުން އެ ރަށަށް ދޫކުރައްވައި އިސްލާމްދީނަށް ގޮވައިލެއްވުމަށް ޓަކައި އެނބުރި ވަޑައިގަތެވެ. އެއަށް ފަހު، ޒަމްޒަމް ފެން ފާޅުވުމާއި އެއާގުޅިގެން ޞަފާއާއި މަރުވާ ފަރުބަދައިގެ އައްސޭރިފަށުގައި ހިނގައި ދިޔަ ކަންކަމުގެ ވާހަކަ ސީރަތު ފޮތްތަކުގައި ތަފުސީލުކޮށް ބަޔާންވެފައި އެބަހުށްޓެވެ. އިސްލާމީ ދަޢުވަތުގެ މަސައްކަތުގައި ގިނަ އަހަރުތަކެއް އުޅުއްވުމަށް ފަހު އަނެއްކާ ވެސް އިބްރާހީމްގެފާނު މައްކާއަށް އެނބުރި ވަޑައިގެން ގެފުޅުގެ ބިންގަލުގެ މަތީގައި اللهގެ އަމުރުފުޅަށް ގެފުޅު ބިނާކުރައްވައި އާރާސްތުކުރެއްވިއެވެ. ގެފުޅު ބިނާކުރެއްވުމުގައި އިސްމާޢީލުގެފާނު އިބްރާހީމްގެފާނަށް އެހީތެރިވެވަޑައިގަތެވެ. އިބްރާހީމްގެފާނު ގެފުޅު ބިނާކުރައްވައި މީސްތަކުން ޙައްޖަށް އަންނާން ގޮވައިލެއްވިއެވެ. އަދި މީސްތަކުންނަށް اللهގެ ފޮތާއި ޙިކުމަތް އުގަންނަވައިދެއްވުމަށް ޓަކައި މައްކާގެ އަހުލުވެރީންގެ ތެރެއިން ރަސޫލުބޭކަލަކު ފޮނުއްވައި ދެއްވުން އެދިވަޑައިގެން އިބްރާހީމްގެފާނު ދުޢާކުރެއްވިއެވެ. މާތްالله އެ ދުޢާ އިޖާބަކުރައްވައި އެކަލޭގެފާނުގެ ދަރިފަސްކޮޅުން މުޙައްމަދުގެފާނު ދުނިޔެއަށް ވަޑައިގަންނަވާން އެކަލާނގެ އިރާދަކުރެއްވިއެވެ. މުޙައްމަދު ނަބީކަލޭގެފާނަކީ އެ ދުޢާގެ އަސަރެވެ. އެއީ އިބްރާހީމްގެފާނުގެ ވާރިސެވެ. ތައުޙީދުގެ ރިސާލަތު އިޢުލާންކުރައްވައި اللهގެ އެއްކައުވަންތަކަން ބިންމަތީގައި އަލުން ދިރުއްވައި، ދީން ފެތުރެއްވެވުމަށް ޓަކައި ފޮނުއްވުނު އެންމެ ފަހުގެ މާތް ނަބިއްޔާ އަދި ރަސޫލާﷺއަކީ މުޙައްމަދުގެފާނެވެ. މި ޙަޤީޤަތްތަކަށް އިޝާރާތް ކުރައްވައި ކީރިތި ޤުރުއާނުގެ އަލްބަޤަރާ ސޫރަތުގެ 127 – 129 ގައި މާތްالله ވަޙީކުރައްވާފައިވައިފައިވެއެވެ. (وَإِذْ يَرْفَعُ إِبْراهِيمُ الْقَواعِدَ مِنَ الْبَيْتِ وَإِسْماعِيلُ رَبَّنا تَقَبَّلْ مِنَّا إِنَّكَ أَنْتَ السَّمِيعُ الْعَلِيمُ (127) رَبَّنا وَاجْعَلْنا مُسْلِمَيْنِ لَكَ وَمِنْ ذُرِّيَّتِنا أُمَّةً مُسْلِمَةً لَكَ وَأَرِنا مَناسِكَنا وَتُبْ عَلَيْنا إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ (128) رَبَّنا وَابْعَثْ فِيهِمْ رَسُولًا مِنْهُمْ يَتْلُوا عَلَيْهِمْ آياتِكَ وَيُعَلِّمُهُمُ الْكِتابَ وَالْحِكْمَةَ وَيُزَكِّيهِمْ إِنَّكَ أَنْتَ الْعَزِيزُ الْحَكِيمُ (129). މާނައީ: "އަދި إبراهيمގެފާނާއި إسماعيلގެފާނާ ދެބަފައިކަލުން ގެފުޅުގެ ބިންގާ އުފުއްލަވައި ބިނާކުރައްވަމުން ގެންދެވި ހިނދު، ހަނދުމަކުރާށެވެ! (އެހިނދު دعاء ކުރެއްވިއެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކިބައިން (މި ކަން) قبول ކުރައްވައިފާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެއަށް ފުރިހަމަޔަށް ކިޔަމަންވާ ދެމީހުން ކަމުގައި އަޅަމެން ލައްވައިފާނދޭވެ! އަދި އިބަރަސްކަލާނގެއަށް ފުރިހަމަޔަށް ކިޔަމަންވާ أمّة އެއް، އަޅަމެންގެ ދަރިފަސްކޮޅުން ލައްވައިފާނދޭވެ! އަދި އަޅަމެން އަޅުކަންކުރާނޭ ގޮތްތައް އަޅަމެންނަށް ދައްކަވައިފާނދޭވެ! އަދި އަޅަމެންގެ މައްޗަށް توبة ލައްވައިފާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ ގިނަގިނައިން توبة ލައްވާ، رحيم ވަންތަ ރަސްކަލާނގެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަދި އެ أمّة ގެ މީހުންނަށް އިބަރަސްކަލާނގެ آية ތައް ކިޔަވައިދެއްވާ، حكمة އާއި ފޮތް އުނގަންނައިދެއްވާ އަދި (އެންމެހައި ނުބައިގޮތްތަކުން) އެ أمّة طاهر ކުރައްވާނޭ رسول އަކު، އެ أمّة ގެ ތެރެއިން، އެ أمّة ގެ ތެރެޔަށް ފޮނުއްވައިފާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ.
(ށ) މައްކާއަކީ އިބްރާހީމްގެފާނުގެ ރިސާލަތުގެ އަސަރު އޮތް ތަނަކަށް ވެފައި، ގެފުޅު ބިނާކުރެވިފައިވާ ބިމަށް އެ ބިން ވާތީއާއި އެ ތަނުގެ އަހުލުވެރީންނަކީ ޝަރީކުކުރާ ބަޔަކަށް ވިޔަސް، الله ވޮޑިގެންވާކަމަށް ގަބޫލުކުރާ ބަޔަކަށް ވުމުން އެ މީހުން ހެޔޮ މަގަށް ރުޖޫޢަވާން ފަސޭހަވިއެވެ. މިސާލަކަށް ފާރިސްކަރައަށް ބަލާއިރު އެ މީހުންނަކީ އަލިފާނަށް އަޅުކަންކޮށް އުޅުނު ބަޔެކެވެ. އެ މީހުންނަކީ އެއް ގޮތަކަށް ވެސް الله ވޮޑިގެންވާކަމަށް އީމާންވާ ބަޔެއް ނޫނެވެ. އަދި ރޯމަނުންނަކީ ވަޘަނީ ބަޔެކެވެ. ބުދަށް އަޅުކަންކޮށް އުޅުނު ބަޔެކެވެ. ދެން ދުނިޔޭގައި އުޅެމުން ގެންދިޔައީ މުލްޙިދުންނާއި އިރަށް އަޅުކަންކުރާ މީހުންނެވެ. މިއާ ޚިލާފަށް މައްކާގެ އަހުލުވެރީންނަކީ ތައުޙީދުގެ މަތީގައި ކުރީން ތިބި ބަޔެކެވެ. އިބްރާހީމްގެފާނުގެ މިއްލަތުގައި ކުރީން ތިބި ބައެކެވެ. ގެފުޅަށް މާތްކޮށް ހިތަމުން އައި ބަޔެކެވެ. އެ މީހުންނަކީ الله ވޮޑިގެންވާ ކަމަށް ގަބޫލުކުރާ ބަޔެކެވެ. ނަމަވެސް، އެބައިމީހުންގެ ތެރެއަށް ފަހުން ބުދުދީނުގެ އަސަރު ވަދެ، އެ ކަމުގެ ޝިކާރަކަށްވީއެވެ. އަދި އާޚިރަތްދުވަހަށް އިންކާރުކުރުން ފަދަ ކަންކަން އެ މީހުންގެ ތެރެގައި އުފެދިފައި އޮތެވެ. މުޙައްމަދުފާނުގެ ރިސާލަތު ބިނާވެގެން އައި އެންމެ ބޮޑު ދެ އަސާސަކީ އަޅުކަމުގައި الله އެއްކައުވަންތަކުރުމާއި އާޚިރަތްދުވަހަށް އީމާންވުމެވެ. މި ދެ ކަމަށް އިތުރުއެކަލޭގެފާނު ގެންދެވީ ގޮވައިލައްވަމުންނެވެ. މައްކާގެ އަހުލުވެރީން ފުރަތަމަކޮޅުގައި އެ ކަމަށް އިންކާރުކުރި ނަމަވެސް ފަހުން، ބަޔަކަށް ފަހު ބަޔެއް އެކަލޭގެފާނުގެ ދަޢުވަތު ގަބޫލުކުރަމުން ދިޔައެވެ. އެއިގެ ތެރޭގައި މައްކާގެ އަޝްރާފުން ހިމެނެއެވެ.
(ނ) މައްކާއަކީ ޢަރަބިކަރައިގެ އިޖުތިމާޢީ މައި މަރުކަޒެވެ. އިސްލާމްދީން ބާވައިލެއްވުމުގެ ކުރީން ވެސް ޢަރަބިން ގެފުޅަށް ޙައްޖުކޮށް އުޅުނެވެ. ޠަވާފުކޮށް ވެސް އުޅުނެވެ. ނަމަވެސް އެ މީހުން އެ ކަންކަން ކުރަމުން ގެންދިޔައީ ރަނގަޅު ގޮތަކަށް ނޫނެވެ. ގެފުޅު ވަށައި ޠަވާފުކުރަމުން ގެންދިޔައީ އޮރިޔާން ޙާލުގައެވެ. އަދި ގެފުޅު ތެރޭގައި އެތައް ސަތޭކަ ބުދު ބަހައްޓައިފައި ހުށްޓެވެ. މައްކާގެ އަހުލުވެރީންގެ އިތުރަށް، ވަށައިގެންވާ އެހެނިހެން ޤަބީލާތަކުގެ މީހުން ދީނީ އަޅުކަން އަދާކުރުމަށް ޓަކައި މައްކާއަށް އައިސް އުޅުނެވެ. މިހެންކަމުން މިފަދަ މާޙައުލެއްގައި ގިނަ ޢަދަދެއްގެ މީހުންނާ ހަމައަށް އިސްލާމީ ރިސާލަތު ފޯރުކޮށްދިނުމަކީ ފަސޭހަކަމަކަށްވިއެވެ. މި މާޙައުލުގައި ކީރިތި ރަސޫލާﷺ ގެންދެވީ އިސްލާމްދީނަށް ގޮވާލައްވަމުންނެވެ. ޙައްޖައް އަންނަ މީހުންނަށް އިސްލާމީ ދަޢުވަތު ފޯރުކޮށްދެއްވިއެވެ. މި ގޮތުން މައްކާ ފިޔަވައި އަރަބިކަރައިގެ އެކި ކަންކޮޅުތަކަށް އިސްލާމްދީން ވާސިލްވީ ކޮންމެ އަހަރަކު މައްކާއަށް ޙައްޖަށް އަންނަ މީހުންގެ ސަބަބުންނެވެ. އެ މީހުންގެ ތެރެއިން ބަޔަކު ކީރިތި ރަސޫލާﷺގެ ދަޢުވަތަށް އިޖާބަދިނުމުގެ ސަބަބުންނެވެ. މަދީނާއާ ހަމައަށް އިސްލާމީ ދަޢުވަތު ވާޞިލުވުމުގެ މަގަކީ ވެސް އެއީއެވެ.
(ރ) ޢަރަބިންގެ ސަގާފީ އަދި ފިކުރީ އެއްވުންތައް އޮންނަނީ މައްކާގައެވެ. ޢުކާޒު ބާޒާރުގައި މީހުން އެއްކޮށްގެން ޅެންކިޔުމާއި ޅެން ހެދުމާއި މި ބާވަތުގެ ސަގާފީ ކަންކަމަކީ މައްކާގެ ތެރޭގައި ވަރަށް ބޮޑަށް ފެތުރިފައި އޮތް އާދައެކެވެ. މައްކާއިން ބޭރުން ވެސް ގިނަ އަދަދެއްގެ މީހުން މި ބާވަތުގެ ކަންކަމުގައި ބައިވެރިވާން މައްކާއަށް އަންނަމުން ދިޔައެވެ. މި ފަދަ ވެށްޓެއްގައި اللهގެ ރިސާލަތު ލެއްވުމުން ގިނަ ބަޔަކަށް އޭގެ އަސަރު ފޯރިއެވެ.
(ބ) މައްކާއަކީ އެ ސަރަޙައްދުގެ އިޤުތިޞާދީ މަރުކަޒެވެ. ޚާއްޞަކޮށް ޤުރައިޝް ވަންހައިގެ މީހުންނަކީ ވިޔާފާރީގައި ވަރަށް ކުރީ ސަފުގައި އުޅުނު ބަޔެކެވެ. ވިޔަފާރިވެރީންގެ ތެރޭގައި އަންހެނުންނާއި ފިރިހެނުން ހިމެނެއެވެ. އެމީހުންގެ ވިޔަފާރި ޤާފިލާތައް މައްކާގެ ބޯޑަރު ހުރަސްކޮށް ޝާމްކަރައަށާއި ޔަމަން ކަރައަށް ދަތުރުކޮށް އުޅުނެވެ. މި ޒަމާނުގެ ގޮތުން ބަލާނަމަ ބައިނަލްއަޤުވާމީ ވިޔަފާރީގައި މައްކާގެ އަހުލުވެރީން ޙަރަކާތްތެރިވެ އުޅުނެވެ. މީގެ އިތުރަށް މަސްވެރިކަން ފަދަ އިޤުތިޞާދީ މަސައްކަތްތަކުގައި ޢަރަބީން ޙަރަކާތްތެރިވިކަން ވެސް ތާރީޚީ ގޮތުން އެނގެން އެބައޮތެވެ. އެ މީހުންނަކީ ހަމަ އެކަނި ބަކަރި ގެންގުޅުނު ބަޔެއް ނޫނެވެ. ޤުރައިޝުންގެ ވިޔަވާރި ޤާފިލާތަކުގެ ބައިނަލްއަޤުވާމީ ދަތުރުތުތަކުގެ ވާހަކަ ކީރިތިޤުރުއާނުގައި ބަޔާންވެގެންވެއެވެ. "ޤުރައިޝް" ގެ ނަމުން ޚާއްޞަ ސޫރަތެއް الله ބާވައިލައްވައި ވިޔަފާރީގެ ދަތުރުތަކުގެ ވާހަކަ އެސޫރަތުގައި ބަޔާންކުރައްވައިފައިވެއެވެ.
ޤުރައިޝުންނަކީ އެ ޒަމާނުގައި އޮތް ވިޔަފާރީގެ ތެރޭގައި ތަފާތު ދާއިރާތަކުން ޙަރަކާތްތެރިވެ އުޅުނު ބަޔެކެވެ. މި ކަމުގައި މައްކާގެ އަހުލުވެރީން ކުރިއަރައިފައިވާ ވަރުން، އަރަބިކަރައިގައި ވަށައިގެންވާ އެހެނިހެން ޤަބީލާތަކުގެ އަހުލުވެރީން ވިޔަފާރީގެ އެކިއެކި މުޢާމަލާތްތައްކުރުމަށް ޓަކައި މައްކާއަށް ގިނަގިނައިން އައިސް އުޅުނެވެ. މައްކާގެ ތެރެއިން ރަސޫލުބޭކަލަކު ވަޑައިގަތުމުން މި އެންމެނަށް ދީން ފޯރުކޮށްދޭން ފަސޭހަވިއެވެ. ކީރިތި ރަސޫލާﷺ ރިސާލަތު ފޯރުކޮށް ދެއްވުމުގައި އަމާޒުކުރެއްވި އެއް ދާއިރާއަކީ މިއީއެވެ. މި ގޮތުން ޢުޘްމާނު ބުނު ޢައްފާނު ފަދަ ބައެއް ވިޔަފާރިވެރި ބޭކަލުން އިސްލާމްވެވަޑައިގަތެވެ. އެ ބޭކަލުންގެ ސަބަބުން އިސްލާމްދީނަށް ނަޞްރު ލިބުނެވެ. އިސްލާމްދީން އިޚުތިޔާރުކުރި އަޅުން މިނިވަންކުރުމާއި اللهގެ މަގުގައި ކުރެވުނު ޖިހާދަށް ބޮޑު ހޭދައެއް މި ބޭބޭކަލުން ކުރެއްވިއެވެ.
މި ދެންނެވި ކަންކަމުގެ އިތުރަށް ފާރީސީންނާއި ރޯމަނުންގެ ވެރިކަން ފަދަ ވެރިކަމެއް ޢަރަބިންގެ ތެރޭގައި ޤާއިމުވެފައި ނެތެއްކަމަކު، ޢަރަބިކަރައިގައި ޒަޢާމަތު އޮތީ ޤުރައިޝުންގެ އަތްމަތީގައިކަމަށް ވާތީ، ޤުރައިޝުންގެ ނިންމުންތައް ޢަރަބިކަރައާއި ވަށައިގެންވާ ޤަބީލާތަކުގެ މީހުން އައީ ގަބޫލުކުރަމުންނެވެ. ބައެއް ޤަބީލާތަކުގެ ދީނަކީ ޤުރައިޝުންގެ ދީނެވެ.
ޤަބީލާތަކުގެ މެދުގައި ޖެހޭ ތަފާތު މައްސަލަތައް ޙައްލުކުރުމަށް ޓަކައި މައްކާއަށް އައިސް އުޅުނެވެ. މި ދެންނެވި ސަބަބުތަކަށް ޓަކައި މައްކާއާއި ޤުރައިޝުންގެ ޤަދަރު ޢަރަބީންގެ ހިތްތަކުގައި ވަރަށް ބޮޑަށް އޮތީ އުފެދިފައެވެ. އެހެންކަމުން ޤުރައިޝުންގެ ތެރެއިން ނަބީބޭކަލަކު ވަޑައިގަތުމުން އެހެނިހެން ޤަބީލާތަކުގެ އަހުލުވެރީން އެކަލޭގެފާނުގެ ދަޢުވަތު ބަލައިގަންނާން ފަސޭހަވިއެވެ.
އިސްވެ ބަޔާންވެ ދިޔަ ކަންކަމަކީ މައްކާގައި ފެށުނު އިސްލާމީ ރިސާލަތު މައްކާގެ ބޯޑަރު ހުރަސްކޮށް ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރޭން މަގުފަހިވި ކަންކަމެވެ. އިސްލާމީ ރިސާލަތު ފެށުމަށް އެންމެ މުނާސިބު ރަށުގައި އެ ރިސާލަތު ފެށުމުން، ޤަދަރުވެރި އެތައް ބަޔަކު އިސްލާމްދީނަށް ވަނެވެ. އިސްލާމްދީނަށް ފަހު ވެސް މައްކާ ވެފައިވަނީ ދީނީ އިޖުތިމާޢީ މަރުކަޒަށެވެ. އިސްލާމީ ސަގާފަތާއި އަޅުކަމުގެ މަރުކަޒުގެ ގޮތުގައި މައްކާ ދެމި އޮތެވެ. އިރާދަކުރެއްވިއްޔާ ޤިޔާމަތާ ޖެހެންދެން ވެސް އެ ކަން ދެމި އޮންނާނީ ހަމަ އެ ގޮތަށެވެ.
ނުނިމޭ ..............
* ޝަހީމުގެ ގަލަމުން ކޮލަމުގައި މިގެނެސްދެނީ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ލިޔުއްވައި، އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) އިން ނެރެފައިވާ "ނަބީކަލޭގެފާނުގެ ޙަޔާތްޕުޅުން"މިފޮތުގެ ބައިތަކެވެ. ސިލްސިލާކޮށް ކޮންމެ ދުވަހަކު ގެނެސްދިނުމަށް ހަޖެހިފައިވާ މިކޮލަމުގައި ޑރ. ޝަހީމް ލިޔުއްވާފައިވާ ފޮތްތައް އެއްވެސް އުނި އިތުރެއް ނުގެނެސް އަޞްލާއެއްގޮތަށް ގެނެސްދެވޭނެއެވެ.
ނޯޓް:
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަކީ 1977 މާރިޗު 28 ވަނަ ދުވަހު ހުވަދު އަތޮޅު އުތުރުބުރީ މާމެންދޫގައި އުފަންވެވަޑައިގަތް ދިވެހި ދަންނަބޭކަލެކެވެ.
އެ މަނިކުފާނު ވަނީ ޕާކިސްތާނުގެ ލާހޫރުގައި ހުންނަ ޖާމިޢަތުލް އަޝްރަފިއްޔާއިން ކީރިތި ޤުރްއާން ހިތު ދަސްކުރައްވާފައެވެ. އޭގެ ފަހުން، އިމާމު އަބޫ ޙަނީފާ ހަޔަރ އިންސްޓިޓިއުޓް ފޯ ޓީޗަރސްގައި ޢަރަބި އިސްލާމީ ތަޢުލީމުގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކުރެއްވިއެވެ. އިތުރަށް ޢަރަބި ބަހުގެ ޢިލްމު އުނގެނިވަޑައިގަތުމަށް މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީގެ ދަށުގައިވާ މަޢުހަދުއް ދިރާސާތިލްޚާޞާގައި ކިޔަވާ ވިދާޅުވިއެވެ.
ޑރ. ޝަހީމްގެ މަތީ ތަޢުލީމުގެ ދަތުރު ފެށިގެން ދިޔައީ ސަޢޫދީ ޢަރަބިއްޔާގެ މަދީނާގެ އިސްލާމީ ޔުނިވަރސިޓީން ފިޤުހާއި އުޞޫލުލްފިޤުހުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރެއްވުމާ އެކުގައެވެ. އޭގެ ފަހުން، މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރސް އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސް (ފިޤުހު އެންޑް އުޞޫލުލްފިޤުހު) ހާސިލުކުރެއްވިއެވެ.
އެންމެ ފަހުން، ހަމަ އެ ޔުނިވަރސިޓީން ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސް (ފިޤުހު އެންޑް އުޞޫލުލްފިޤުހު) ގެ ދަށުން ޕީއެޗްޑީ ސަނަދު ހާސިލުކުރައްވައި، އިސްލާމީ ޝަރީޢާގެ ދާއިރާއިން މަތީ ފެންވަރުގެ ތަޢުލީމު ފުރިހަމަކުރެއްވިއެވެ.
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ފަންނީ މަސައްކަތުގެ ދާއިރާގައި، އެމަނިކުފާނު ވަނީ ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ޝަރަފުވެރި މަޤާމުތަކެއް އަދާކުރައްވާފައެވެ. މީގެ ތެރޭގައި ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ މުޝްރިފް މުސާޢިދުކަމާއި، ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑީންކަން ހިމެނެއެވެ. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރުކަމާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރުކަމުގެ މަޤާމާއި ޗާންސެލާރުކަމުގެ މަޤާމުވެސް އަދާކުރައްވާފައިވެއެވެ.
ބައިނަލްއަޤްވާމީ ފެންވަރުގައި، ޑރ. ޝަހީމް ވަނީ އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާ (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަމާއި، އޯއައިސީގެ ވޮއިސް އޮފް ވިސްޑަމް ސެންޓަރުގެ އިންޗާޖުކަން ވެސް ކުރައްވާފައެވެ. ޑރ. ޝަހީމް، މިވަގުތު ހުންނެވީ ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރުގެ މަޤާމުގައެވެ. މީގެ އިތުރުން، އެމަނިކުފާނަކީ ރާބިޠަތުލް ޢާލަމިލް އިސްލާމީ (މުސްލިމް ވޯލްޑް ލީގު) ގެ އެންމެ މަތީ މަޖިލިސް (ސުޕްރީމް ކައުންސިލް) ގެ މެންބަރެއް ވެސް މެއެވެ.
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަކީ ދީނީ އެކިއެކި މަޢުޟޫޢުތަކަށް ތަފާތު އެކި ފޮތްފޮތް ލިޔުއްވާފައިވާ ޢިލްމުވެރި ޚިދުމަތްތެރި މުޞައްނިފެކެވެ

ކިޔުންތެރިންގެ ހިޔާލު