ރަށްރަށުން މާލެއަށް ދަތުރުކުރާ ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މާލެއާއި އަތޮޅުތަކާ ދެމެދު ލޯންޗު ފެރީ އޮޕަރޭޓު ކުރާ ފަރާތްތަކަށް، މާލޭ ސަރަހައްދުގެ ދެ ފެރީ ޓާމިނަލަކަށް އެ ލޯންޗުތަކަށް ގާތް ކުރެވޭނެ ގޮތް ހަމަޖަައްސަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮނޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ.
މިކަމާ ގުޅިގެން އެމްޓީސީސީއިން މިއަދު ބުނީ، ރަށްރަށުން މާލެއަށް ދަތުރުކުރާ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސަން ނިންމައިފައިވާ ކަމަށެވެ.
އެގޮތުން މާލެއާއި އަތޮޅުތަކާ ދެމެދު ލޯންޗު ފެރީ އޮޕަރޭޓްކުރާ ފަރާތްތަކުން ލަފާ ފުރުމަށްޓަކައި ހެންވޭރު ފެރީ ޓާމިނަލާއި ހުޅުމާލޭ ފެރީ ޓާމިނަލްގެ ބަނދަރު ބޭނުންކުރުމަށް ހުޅުވާލަން ނިންމައިފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
އަދި ފަޅު ބޭނުން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 10 މާރޗު 2025 ގެ މެންދުރު 14:00 ގެ ކުރިން ތިރީގައިވާ މެއިލް މެދުވެރިކޮށް ޝާއުގުވެރިކަން ފާޅު ކުރުމަށް އެމްޓީސީސީން ވަނީ އެދިފައެވެ.
[email protected]
އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު އެ ކުންފުނީގެ ނަންބަރު 7978865 އަށް ގުޅުމުން ލިބޭނެ ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.
އަތޮޅުތެރެއާއި މާލެއާ ދެމެދު ދަތުރުކުރާ ލޯންޗުފަހަރު އާންމުކޮށް ފުރަނީ ރަސްމީ ފާލަމުގެ ހުޅަނގުން އޮންނަ ސަރަހައްދާއި މާލޭ ދެކުނު ފަރާތުންނެވެ.
އެ ސަރަހައްދު އޮންނަ ގޮތުން ރަށްރަށުން ދަތުރުފަތުރު ކުރާ ފަރާތްތަކަށް ގިނަ ތަކުލީފުތަކާ ކުރިމަތިލާން ޖެހެއެވެ. އެގޮތުން ބަލާއިރު ފޮށިފަދަ ތަކެތި ހިފައިގެން ގިނަ އަދަދެއްގެ މީހުން ގަދަ އަވީގައި، ނުވަތަ ވާރޭގައި ހިޔަލެއް ނެތި މަޑު ކުރަން ޖެހޭ ފަހަރުވެސް އާދެއެވެ.
އެމްޓީސީސީން ބުނި ގޮތުގައި މާލޭގެ ދެ ބަނދަރަކަށް އަތޮޅުތެރެއިން އަންނަ ފެރީތައް ލަފާ ފުރޭނެ ގޮތް އެމްޓީސީސީން ހަމަޖައްސަން ނިންމާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދުގެ ދަށުންނެވެ.

ކިޔުންތެރިންގެ ހިޔާލު