ބަންޑާރަނައިބު އުޝާމް--
ބަންޑާރަނައިބު އުޝާމް--
މި ސަރުކާރުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަމުންދާކަމަށް ބުނާ ވާހަކަތަކަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ތަފާސް ހިސާބުން ރައްދު ދެއްވައިފި އެވެ.

އުޝާމް އެކްސްގައި މިއަދު ވިދާޅުވީ ކުރީގެ ސަރުކާރުގެ ވެރިކަމުގައި 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޖޭއެސްސީއިން ފަނޑިޔާރުންނާމެދު އަޅާފައިވާ ފިޔަވަޅުތަަކުން ވެސް ފަނޑިޔާރުގެއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާފައިވަނީ ކޮން ދުވަސްވަރެއްގައިކަން ވަރަށް ސާފުކޮށް އެނގޭނެ ކަމަށެވެ.

އަދި ފަނޑިޔާރުންނާމެދު ކުރީ ސަރުކާރާއި މި ސަރުކާރުން އެޅި ފިޔަވަޅުތަކުގެ އަދަދުތައް ހިމެނޭ ލިސްޓެއް ވެސް އުޝާމް ވަނީ ހިއްސާ ކުރައްވާފަ އެވެ.

އުޝާމް ހިއްސާކުރެއްވި ލިސްޓުން ފެންނަ ގޮތުން ނިމިގެން ދިޔަ ސަރުކާރުގެ ދުވަސްވަރު އަށް ފަނޑިޔާރުން ވަކިކޮށް 12 ފަނޑިޔާރުން ސަސްޕެންޑްކުރި އެވެ. އަދި އެެހެނިހެން މައްސަލަތަކާއެކު ޖުމްލަ 56 ފަނޑިޔާރުންނާމެދު ފިޔަވަޅު އެޅިއެވެ.

އެހެން ނަމަވެސް މި ސަރުކާރުން އެއްވެސް ފަނޑިޔާރަކު މިހާތަނަށް ވަކިކޮށްފައިނުވާ އިރު ސަސްޕެންޑްކޮށްފައިވަނީ އެންމެ ތިން ފަނޑިޔާރުން ނެވެ. އަދި އެެހެނިހެން މައްސަލަތަކާއެކު ފިޔަވަޅު އެޅީ އެންމެ ފަސް ފަނޑިޔާރުންނަށެވެ.

އުޝާމް އިތުރަށް ވިދާޅުވީ ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ދައްކާ ވާހަކައަކާ ގުޅިގެން ނުވަތަ ނިންމާ ނިންމުމަކާ ގުޅިގެން “ސްލޫކީވުން” ނިމުމަކަށް ގެނައީ ވެސް މި ސަރުކާރު އައުމަށް ފަހު ކަމަށެވެ.

މި ސަރުކާރުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާކަމުގެ އަޑުތައް ގަދަވީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކުރި ހިސާބުން ނެވެ. އެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ އޭސީސީން ބަލަމުންދާ މައްސަލަތަކާ ގުޅިގެން ނެވެ.

ފަނޑިޔާރުން ސަސްޕެންޑްކުރުމުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަަކަށް މަދުކުރަން ބިލެއް ވެސް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން