ކުރީގެ ރައީސް، ޔާމީން އަބްދުލްގައްޔޫމް ޖުޑިޝަރީއާއި ކޯޓުތަކުގެ ވާހަކަ ދައްކަވާތީ އަޖާއިބުވާ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ކުރިއަށްދިޔަ 18 ވަނަ މަޖިލީހުގައި އޭނާ ހުންނެވިކަމަށާއި، އޭރުގެ މަޖިލީހަށް ރައީސް ޔާމީންގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާތުމާވެސް ނުފޫޒު ފޯރުވި ކަމަށެވެ.
ފަލާހު ވިދާޅުވީ ގައުމުގެ ޖުޑިޝަރީ ފުނޑާލާ ކޯޓުތަކުން ޓިނުނަގާ ކޯޓުތަކަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވީ ރައީސް ޔާމީން ކަމަށާއި، މަޖިލީހުގެ 12 މެމްބަރުން 2 އަހަރުވަންދެން މަގުމަތިކޮށް މަޖިލީހަށް ވަނަނުދީ އަނިޔާކޮށް މަޖިލީސް ހިސޯރު ކުރީވެސް ރައީސް ޔާމީން ކަމަށެވެ.
އަދި ގައުމަށް އެންމެ ބޮޑަށް ހިޔާނާތްތެރިވެ، ގައުމުގެ ބައިތުލް މާލު ދަވާލާ، އެތައް ސަތޭކަ ރުފިޔާއެއް އަމިއްލަ އެކައުންޓުތަކަށް ޖަމާކުރީވެސް ރައީސް ޔާމީނު ކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ މި ގައުމުގައި އެންމެ އަނިޔާވެރި ވެރިކަމެއް ކުރީ ރައީސް ޔާމީން ކަމަށެވެ. އަދި 15 އަހަރުން މަތީގެ ކޮންމެ ރައްޔިތަކާ މިކަންކަމާމެދު ސުވާލު ކުރުމުންވެސް ޖަވާބުގައި ރައީސް ޔާމީންގެ ނަން އަންނާނެ ކަން ފަލާހު ފާހަގަ ކުރެއްވިއެވެ.
އެހެންވެ، ޖުޑިޝަރީއާއި ކޯޓުތަކުގެ ވާހަކައާއި، ވައްކަމާއި އަނިޔާވެރިކަމުގެ ވާހަކަ ރައީސް ޔާމީން ދައްކާތީ ވަރަށް ބޮޑަށް އަޖާއިބުވާ ކަމަށް ފަލާހު ވިދާޅުވިއެވެ.
"ބައެއް ފަހަރު ހިތަށްް އަރާ މިއީ ހަމަ އަބްދުﷲ ޔާމީން ބާއޭ،" ފަލާހު ވިދާޅުވުއެވެ.
ފަލާހު މިހެން ވިދާޅުވީ ރާއްޖޭގެ ސުޕްރީމް ކޯޓުގެ އުއްތަމަަ ފަނޑިޔާރު މުއުތަސިމް އަދުނާނު ހުންނެވީ "ކޮމްޕްރޮމައިޒްވެފައި" ކަމަށް ވިދާޅުވެ ރައީސް ޔާމީން ރޭ ސީރިއަސް ތުހުމަތުތަކެއް އަމާޒު ކުރައްވާފައި ވަނިކޮށެވެ.
ރައީސް ޔާމީން މި ތުހުމަތުތައް ކުރައްވާފައި ވަނީ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ހުށަހަޅާފައި އޮއްވައި، ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރުމާ ގުޅިގެންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި، ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑުކުރީ މިދިޔަ މަހުގެ 26 ގައެވެ. ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ މި ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެން ކަމަށެވެ.

20 ވަނަ މަޖިލީހަކީ ނަމޫނާ މަޖިލީހެއް އެހެން އެކަންވާ ސަބަބަކީ ސަރުކާރުން މަޖިލީހައް އަތާ ފަޔާ ނުބޭނުން އަޅުގަނޱު އުޅުނިން 18 ވަނަ މަޖިލީހުގަ އޭރު ވެރިޔަކީ ޔާމީނު ޔާމީނު އަތާ ފައިން ބައެއް ފަހަރު އޮބި ނޯވެގެން އޭރުގެ މެޱަމް ގެ އަތާ ފައި ވެސް އޮންނަނީ މަޖިލީސް ފުލޯގަ އަޅުގަނޱު…
— Ibrahim Falah (@IbrahimFalahR) March 7, 2025
ފަލާހު މިހެން ވިދާޅުވީ ރާއްޖޭގެ ސުޕްރީމް ކޯޓުގެ އުއްތަމަަ ފަނޑިޔާރު މުއުތަސިމް އަދުނާނު ހުންނެވީ "ކޮމްޕްރޮމައިޒްވެފައި" ކަމަށް ވިދާޅުވެ ރައީސް ޔާމީން ރޭ ސީރިއަސް ތުހުމަތުތަކެއް އަމާޒު ކުރައްވާފައި ވަނިކޮށެވެ.
ރައީސް ޔާމީން މި ތުހުމަތުތައް ކުރައްވާފައި ވަނީ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ހުށަހަޅާފައި އޮއްވައި، ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރުމާ ގުޅިގެންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި، ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑުކުރީ މިދިޔަ މަހުގެ 26 ގައެވެ. ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ މި ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެން ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު