ކުރީ ސަރުކާރުން އާންމުކުރި "ގެދޮރުވެރިޔާ" ފްލެޓު ލިސްޓުގައި ނުހިމެނޭ އެއްވެސް ފަރާތަކަށް، މި ސަރުކާރުން ފްލެޓު ދީފައި ނުވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ފްލެޓު ލިސްޓު ރިވިއު ކުރުމަށްފަހު އެއާމެދު ހުރި ކަންބޮޑުވުންތައް ފާޅު ކުރުމަށް އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރަށް އަމާޒުވާ ތުހުމަތުތަކެއް ކޮށްފައިވާއިރު އެއަށް ޖަވާބުދާރީވުމަށް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެއްވެސް ފަރާތަކަށް އުސޫލާ ހިލާފަށް ފްލެޓު ދީފައި ނުވާނެ ކަމަށެވެ.
ހައުސިން މިނިސްޓްރީން ބުނީ ސަރުކާރުން ފްލެޓު ލިސްޓު ނެރެފައިވަނީ ފްލެޓު ލިބޭނެ ފަރާތްތަކުގެ ފޯމުތަކުގައި ހުރި މައުލޫމާތު ބަލައި ސައްހަކަން ކަށަވަރު ކުރުމަށް ފަހުގައި ކަމަށެވެ. އަދި މި ލިސްޓުގައި ހިމެނެނީ ކުރީ ސަރުކާރުން ގެޒެޓުކުރި ލިސްޓުގައި ހިމެނޭ ފަރާތްތައް ކަމަށާއި، ފްލެޓު ދިނުމުގައި އަމަލު ކޮށްފައިވަނީ ލިޔެ ރަސްމީކޮށް އިއުލާންކޮށް ޝާއިއުކޮށްފައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެގޮތުން ފޯމުތައް އިވެލުއޭޓު ކޮށްފައިވާނީވެސް ކުރީ ސަރުކާރުން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް ކަމަށާއި، އުސޫލު އަދި ގައިޑްލައިނަށް އަމަލު ކުރުމުގައި ހުރިހާ ފަރާތަކަށްވެސް ހަމަހަމަވާނެހެން ވީހާވެސް ބޮޑަށް ލުއިކުރެވޭތޯ ބަލާފައިވާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ މި ސަރުކާރުން އާންމު ކުރި ލިސްޓުގައި ހިމެނޭނީ:
- ތިން ކޮޓަރީގެ ފުލެޓަށް އެދި ފޯމު ލީ ފަރާތްތަކުގެ ތެރެއިން 76 ޕޮއިންޓް ލިބި ފުލެޓު ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތައް.
- ދެ ކޮޓަރި ފުލެޓަށް އެދި ފޯމުލީ ފަރާތްތަކުގެ ތެރެއިން 73 ޕޮއިންޓް ލިބި ފުލެޓު ލިބޭނެކަމަށް އިއުލާނުކޮށްފައިވާ ފަރާތްތައް.
- 75 ޕޮއިންޓު ލިބި ގުރުއަތަށް ދާނެ ކަމަށް އިއުލާނުކޮށްފައިވާ ފަރާތްތައް.
މިނޫން އެއްވެސް ފަރާތަކަށް ފްލެޓު ދީފައި ނުވާނެ ކަން ފާހަގަ ކުރަމުން މިނިސްޓްރީން ބުނެފައިވަނީ ތިން ކޮޓަރީގެ ފުލެޓަށް ހުށަހަޅާފައިވާ މީހުންގެ ތެރެއިން 75 ޕޮއިންޓަށް ވުރެ ދަށްކޮށް މާކްސް ލިބުނު އެއްވެސް ފަރާތެއްގެ ފޯމު އެ މަސައްކަތުގައި ބަލާފައި ނުވާނެ ކަމަށެވެ.
އަދި ފްލެޓު ލިބިފައިވާ އެއްވެސް ފަރާތަކަށް ކަނޑައަޅާފައިވާ ފްލެޓު، މިހާތަނަށް އެހެން ފަރާތަކަށް ހަމަޖައްސާފައި ނުވާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. މިނިސްޓްރީން ބުނެފައިވަނީ ފްލެޓު ލިސްޓާމެދު ހުށަހަޅާ ޝަކުވާތަކަށް ބެލުމަށްފަހު ނޫނީ އެއްވެސް ފަރާތަކަށް ލިބިފައިވާ ފުލެޓެއް އެހެން ފަރާތަކަށް ދިނުމަށް ކަނޑައެއްނާޅާނެ ކަމަށެވެ.
މާލޭގައި ރަށްވެހިވެފައިވާ ފަރާތެއް ރަށްވެހިވެފައިވާތާ 15 އަހަރު ވެފައިވާނަމަ ޑިސްކޮލިފައި ނުވާނެ ކަމަށާއި، މާލޭގެ ރަށްވެއްސަކަށް ވިތާ 15 އަހަރު ނުވާނަމަ، އެ މުއްދަތުގައި މާލޭގައި އުޅުނުކަން ބެލުމަށް ލިޔުންތަކަށް ބަލާފައިވާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އެއްވެސް ފަރާތަކަށް ލިބިފައިވާ ޕޮއިންޓަށް ބަދަލު އައިސްފައިވާނަމަ އައިސްފައިވާނީ ފޯމުލީ ފަރާތުން ދީފައިވާ މައުލޫމާތާއި ހިލާފަށް ޕޮއިންޓު ދީފައިވާނަމަ ކަމަށާއި، އެކަން ޕޯޓަލުން އެނގެން ހުންނާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީން ބުނި ގޮތުގައި ކައުންސިލްތަކުން ދީފައިވާ ލިޔުންތަކުގެ ތެރޭގައި ފާހަގަކުރެވިފައި ވަނީ މާލެ ސިޓީ ފިޔަވައި އެހެން ސިޓީތަކާއި ރަށްތަކުގެ ކައުންސިލްތަކުން ދީފައިވާ ލިޔުންތައް ކަމަށެވެ. އެހެންކަމުން ލިޔުންތަކުގެ ތެރޭގައި މާލެ ސިޓީ ކައުންސިލުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި ލިޔުން ދީފައި ހުރި ވާހަކައަކީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އަދި ދެމަފިރިންނަށް އެއް ސްކީމަކުން ފުލެޓު ދިނުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި، އެހެންވެ ދެމަފިރިން ހިމެނިފައިވާނަމަ އެ ދެފަރާތަށް ވަކިން ދެ ފުލެޓެއް ނުލިބޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން އިތުރަށް ބުނީ މި 4،000 ފުލެޓު ލިބުމުގެ ފުރުސަތު ނުލިބޭ ފަރާތްތައް އަލުން ބޯހިޔާވަހިކަމަށް ހުށަހެޅުމުގެ ތަކުލީފު ތަހައްމަލުކުރަން ނުޖެހޭނެ ކަމަށެވެ. އަދި ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ކޮންމެ ރައްޔިތަކަށްވެސް އެ ފުރުސަތު ކަށަވަރުކޮށްދިނުމަށް ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދުގެ ދަށުން އެ ފަރާތްތަކަށް ވެސް މި ދައުރުގައި ބޯހިޔާވަހިކަމުގެ ފުރުސަތު ލިބޭނެކަމުގެ ޔަގީންކަން މިނިސްޓްރީން ވަނީ ދީފައެވެ.
މި ސަރުކާރުން އެމްޑީޕީން ނެރުނު ފްލެޓް ލިސްޓު ރިވިއުކުރުމުން ޝަރުތު ހަމަވެގެން ފްލެޓް ލިބެނީ 1802 މީހުންނަށެވެ. އޭގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓް 1423 މީހުންނަށް ލިބޭއިރު ދެ ކޮޓަރީގެ ފްލެޓް ލިބެނީ 397 މީހުންނަށެވެ.
ސަރުކާރުން ވަނީ މި މާޗު މަހުގެ ނިޔަލަށް ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން ފްލެޓު ލިސްޓާމެދު ޝަކުވާ ހުށަހެޅުމުގައި ސާބިތުވާވަރުގެ ހެއްކެއް ދެއްކިއްޖެނަމަ އެކަން ވެރިފައިކޮށް ދިރާސާ ކުރާނެކަމަށާއި، އެހެންކަމުން ލިސްޓަށް ބަދަލުތަކެއް އަތުވެދާނެ ކަމަަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު