32 ރަށެއްގައި ކުނި މެނޭޖުކުރާާ މަރުކަޒުތައް ގާއިމުކުރަން ވެމްކޯއާ ހަވާލުކުރުން--
32 ރަށެއްގައި ކުނި މެނޭޖުކުރާާ މަރުކަޒުތައް ގާއިމުކުރަން ވެމްކޯއާ ހަވާލުކުރުން--
32 ރަށެއްގައި ކުނި މެނޭޖުކުރާާ މަރުކަޒުތައް ގާއިމުކުރަން ވެމްކޯއާ ހަވާލުކޮށްފި އެވެ.

މިއަދު އެންވަޔަރަމަންޓް އަދި ޓޫރިޒަމް މިނިސްޓްރީގައިި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ އެކަމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ.

ކުނި މެނޭޖުކުރާ މަރުކަޒުތައް ގާއިމުކުރަން ވެމްކޯއާ ހަވާލުކުރި ރަށްތަކުގެ ތެރޭގައި ހއ. ދިއްދޫ، ހއ. ހޯރަފުށި، ހއ. އިހަވަންދޫ، ހދ. ވަށަަފަރު، ކުޅުދުއްފުށި ސިޓީ، ކ. ދިއްފުށި، ކ. ގާފަރު، ކ. ގުޅި، މ. މަޑުއްވަރި، މ. ނާލާފުށި، މ. ރަތްމަންދޫ، މ. ވޭވަށް، ފ. ބިލެތްދޫ، ފ. ދަރަނބޫދޫ، ފ. ފީއަލި، ތ. ދިޔަމިނގިލީ، ތ. ގާދިއްފުށި، ތ. ހިިރިލަންދޫ، ތ. ކަނޑޫދޫ، ތ. ވޭމަންޑޫ، ތ. ވިލުފުށި، ލ. ހިތަދޫ، ލ. އިސްދޫ، ލ. ކަޅައިދޫ، ލ. ކުނަހަންދޫ، ލ. މާބައިދޫ، ލ. މާމެންދޫ، ލ. މާވަށް، ލ. މުންޑޫ، ތިނަދޫ ސިޓީ، ފުވައްމުލަކު ސިޓީ، އައްޑޫ ހުޅުމީދޫ ހިމެނެ އެވެ.

އެންވަރަމަންޓް މިނިސްޓްރީން ބުނީ މިއަދު ސޮއިކުރި އެއްބަސްވުންތަކާއި އަދި މިދިޔަ މަހު ސޮއިކުރި ދެ އެއްބަސްވުމާއެކު ޖުމްލަ 34 ރަށެއްގައި ކުނި މެނޭޖުކުރުމުގެ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް ވެމްކޯއިން ކުރިއަށް ގެންދާނެ ކަމަށެވެ.

އެ މަސައްކަތްތައް މި އަހަރުގެ ތިންވަނަ ކުއާޓާގެ ނިޔަލަށް ނިންމުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މި އަަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ރަށަކަށް އެކަށޭނެ ކުނި މެނޭޖުކުރާ ނިޒާމާއި ވަސީލަތްތައް ގާއިމުކޮށްދެއްވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން