މާލޭގެ މޭޔަރު އާދަމް އާޒިމް--
މާލޭގެ މޭޔަރު އާދަމް އާޒިމް--
ނިމިގެން ދިޔަ ސަރުކާރުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރި 4000 ފްލެޓް ދޫކުރަން މިސަރުކާރުން ނިންމި ގޮތާމެދު ޝަކުވާ ހުށަހަޅަން އެހީތެރިކަން ފޯރުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ކުރީ ސަރުކާރުން ނެރުނު ފްލެޓް ލިސްޓު އަލުން ރިވިއުކުރުމަށް ފަހު މި ސަރުކާރުން ނެރުނު ލިސްޓުގައި ފްލެޓް ދޭން ނިންމީ އެންމެ 1820 މީހުންނަށެވެ. އަދި އެ ލިސްޓާމެދު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މަސް ދުވަހުގެ މުއްދަތައް އޮތީ ހުޅުވާލައިފަ އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ފްލެޓް ލިސްޓަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން މި މަހުގެ 30 އާ ހަމައަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު މާލޭގެ އާންމު ހިދުމަތްތަކާ ބެހޭ ބައިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުުރުސަތު ސަރުކާރުން ހުޅުވާލައިފައިވަނީ ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން