ވެމްކޯގެ މުވައްޒަފުން ކުނި ނެގުމުގައި- ގޫގުލް އިމޭޖެސް
ވެމްކޯގެ މުވައްޒަފުން ކުނި ނެގުމުގައި- ގޫގުލް އިމޭޖެސް
މި ހަފްތާއަކީ މޫސުން ގޯސް ވިއްސާރަ ހަފްތާއެއްކަމުން، ވިއްސާރާގައި މަގުމައްޗަށް ކުނި ނެރެފައި ނުބެހެއްޓުމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން އިލްތިމާސް ކޮށްފިއެވެ.

ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ވިއްސާރަ ދުވަސްވަރަކަށް ވީނަމަވެސް ވެމްކޯގެ މުވައްޒަފުން ދަނީ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް އަވަދިނެތި މަސައްކަތް ކުރަމުން ކަމަށެވެ.

އެހެންނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން އެއްވެސް ގެއަކުން ކުނި ނުނެގި ހުރެއްޖެނަމަ، މުޖްތަމައުގެ ޢާންމު ސިއްހީ ރައްކާތެރިކަމަށްޓަކައި އުކާލާ ކުނި މަގުމައްޗަށް ނުވަތަ އާންމު ސަރަހައްދުތަކަށް ނުނެރުމަށް ވެމްކޯއިން ވަނީ އެދިފައެވެ.

އަދި ހިދުމަތް ހޯދާ ފަރާތްތަކުން ކުނި ނުނެގި ހުރި ގެއެއް ފާހަގަކުރެވިއްޖެނަމަ، ނުވަތަ ހިދުމަތް ނުލިބޭނަމަ، ވެމްކޯގެ ހޮޓްލައިން ނަންބަރު 1666 އަށް ގުޅާލައްވާ އެމައުލޫމާތު ހުށަހެޅުމަށްވެސް ވެމްކޯއިން ވަނީ އެދިފައެވެ.

މިފަދަ ދަނޑިވަޅުތަކުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ވެމްކޯއިން ވަނީ ޝުކުރު އަދާކޮށްފައެވެ،



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން