ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ކުޑަކުރާ ބިލް ތަސްދީގުނުކުރައްވައި އަނބުރާ ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފޮނުއްވައިފިއެވެ.
މި ބިލަކީ މިދިޔަ ފެބްރުއަރީ 26 ގައި މަޖިލީހުން ފާސްކޮށް ރައީސް އޮފީހަށް ތަޞްދީޤުކުރެއްވުމަށް ފޮނުވާފައިވާ ބިލެކެވެ. ރައީސް އޮފީހުން ބުނެފައިވަނީ މި ބިލާމެދު އަލުން ވިސްނެވުމަށް އެދިވަޑައިގެން އަނބުރާ ރައްޔިތުންގެ މަޖިލީހަށް ރައީސް މިއަދު ފޮނުއްވާފައިވާ ކަމަށެވެ.
މި ބިލަކީ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި ބިލެކެވެ.
ބިލް ބަލައިގަނެ، މަޖިލީހުގެ ޖުޑިޝަފީ ކޮމިޓީއަށް ފޮނުއްވުމުން ކޮމިޓީން ވަނީ ބިލުގައި ދިރާސާކުރަންޖެހޭ ކަމެއް ނެތް ކަމަށް ބުނެ، ބިލް ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ. މަޖިލީހުން މި ބިލް ފާސްކޮށްފައިވަނީ 68 މެމްބަރުންގެ ވޯޓާ އެކުގައެވެ.
މަޖިލީހުން ސުޕްރީމް ކޯޓުގެ 7 ފަނޑިޔާރުންގެ ތެރެއިން 2 ފަނޑިޔާރަކު ވަކިކުރުމަށް ފާސްކޮށްފައި ވަނީ މަޖިލިސް މެންބަރުން ޕާޓީން ވަކިކުރުމުން ނުވަތަ އަމިއްލައަށް ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް ހުށަހަޅައިފައިވާ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށެވެ.
މިކަމާ ގުޅިގެން އިދިކޮޅުން ވަނީ ގާނޫނު އަސާސީއަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ސަރުކާރަށް ތުހުމަތުތަކެއް ކޮށްފައެވެ.
މީގެ އިތުރުން ގާނޫނީ ދާއިރާގެ ގިނަ އަދަދެއްގެ ބޭފުޅުންވެސް ވަނީ މި ބިލާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ބާ ކައުންސިލުން ރައީސަށް ފޮނުވި ސިޓީއެއްގައި ވަނީ، އެ އިސްލާހު ހުށަހެޅި ސަބަބާއި، އެ އިސްލާހުން ހާސިލުކުރަން ގަސްތުކުރާ މަގުސަދު ސާފުކޮށް އެނގެން ނެތް ކަމަށް ބުނެފައެވެ.
އެހެންވެ، ބިލު ތަސްދީގުނުކުރައްވައި، އިސްލާހުކުރުމަށް އަނބުރާ މަޖިލީހަށް ފޮނުއްވައިދެއްވުމަށް ބާ ކައުންސިލުންވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު