އެރިކް ސްޓޯންސްޓްރީޓު، ގޫގުލް އިމޭޖެސް
އެރިކް ސްޓޯންސްޓްރީޓު، ގޫގުލް އިމޭޖެސް
ގިނަ ބައެއްގެ މެދުގައި މަގުބޫލުވި ސީރީސްއެއް ކަމަށްވާ "މޮޑާން ފެމިލީ" އިން މަޝްހޫރުވި އެރިކް ސްޓޯންސްޓްރީޓު ސީރިއަލް ކިލާއެއްގެ ރޯލުން ފެންނަން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ޝޯޓައިމްގެ އާ ޑްރާމާ ސީރީސް އެއް ކަމަށްވާ "ޑެކްސްޓާ: ރިސަރެކްޝަން" ގެ ކާސްޓާ އެރިކު ގުޅިފައިވާ ކަމަށް ޕިންކް ވިލާއިން ވަނީ ރިޕޯޓު ކޮށްފައެވެ. މި ފިލްމުގައި އޭނާ ކުޅެނީ ކަންސަސް ސިޓީގެ ސީރިއަލް ކިލާއެއްގެ މައްޗަށް ބިނާ ކޮށްފައިވާ ރޯލެއް ކަމަށް ރިޕޯޓުގައި ވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި ސީރީސްގެ 4 އެޕިސޯޑަކުން އެރިކް ފެންނާނެއެވެ. އަދި އޭނާގެ ކެރެކްޓަރުގެ މައްޗަށް ސީރީސްގެ ވާހަކައިގެ ބޮޑު ބައެއް ލިޔެވިފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.

މިއީ މޮޑާން ފެމިލީގައި ކޮމެޑީ ރޯލު ކުޅުނުފަހުން އޭނާ މިފަދަ ޑްރާމާބޮޑު ރޯލަކުން ފެނިގެންދާ ފުރަތަމަ ފަހަރު ކަމަށް ރިޕޯޓުގައި ވެއެވެ. އޭނާއަށް ވަނީ މޮޑާން ފެމިލީގައި ދެއްކި ހުނަރުގެ ސަބަބުން އެމީ އެވޯޑެއްވެސް ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން