ރައީސް ނަޝީދު، އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުުގައި
ރައީސް ނަޝީދު، އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުުގައި
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މި ހާލަތުގައި ޤާނޫނުއަސާސީ އިސްލާހު ކުރެވިދާނެކަމާއިމެދު ސުވާލު އުފެދޭކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ޤާނޫނުއަސާސީގެ 267 ވަނަ މާއްދާގައި ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާނުކޮށްފައިވަނިކޮށް ޤާނޫނުއަސާސީއަށް އެއްވެސް އިސްލާހެއް ގެނެސްގެން ނުވާނެކަމަށް ބުނެފައިވާކަން ފާހަގަކުރެއްވިއެވެ. ރާއްޖޭގައި މިހާރު އިއުލާނު ކޮށްފައިވަނީ ޤާނޫނު ނަމްބަރު 7/2012 ގެ ދަށުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއްކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ޤާނޫނުއަސާސީ ކިޔާލުމުން ކުއްލި ނުރައްކަލަކީ ހާލަތެއްކަން ސާފުވާކަމަށެވެ.

ސަރުކާރުގެ ފަރާތުން، ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިސްލާހު ގެނައުމުގެ ބިލު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.

އެ އިސްލާހުގައި ވަނީ، ކައުންސިލްތަކަށް އަލަށް އިންތިހާބު ކުރެވޭ މެމްބަރުން އެމީހުންގެ މަގާމާއި ހަވާލުވަންދެން، ކުރިން އިންތިހާބު ކޮށްފައިވާ އަދި މަގާމުގައި ދެމިތިބި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ ކައުންސިލަރުން އެ މީހުންގެ މަގާމުގައި ދެމިތިބޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން