ތިން ގައުމަކަށް އައްޔަނު ކުރާ ނޮން ރެސިޑެންޓު ސަފީރުންނަށް މިއަދު ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
އެގޮތުން މިއަދު މަޖިލީހުން ރުހުން ދީފައިވަނީ ފިލިޕީންސް، ސްޕެއިން އަދި ނިއުޒިލޭންޑަށަ ސަރުކާރުން ކަނޑައަޅުއްވާފައިވާ ނަން ރެސިޑެންޓު ސަފީރުންނަށެވެ.
ފިލިޕީންސަށް ކަނޑައަޅާ ނޮން ރެސިޑެންޓު ސަފީރަކަށް ރުހުންދީފައިވަނީ މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މަރިޔަމް ޝަބީނާ އަހުމަދު އަށެވެެ.
ކިންގްޑަމް އޮފް ސްޕެއިނަށް ކަނޑައަޅާ ނޮން ރެސިޑެންޓު ސަފީރަކަށް ރުހުން ދީފައިވަނީ އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިރުތިޝާމް އާދަމް އަށެވެ.
ނިއުޒިލޭންޑަށް ކަނޑައަޅާ ނޮން ރެސިޑެންޓު ސަފީރަކަށް ރުހުންދީފައިވަނީ ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ލުވޭޒު އަށެވެ.
އެބޭފުޅުން ސަފީރުކުރަން އައްޔަނު ކުރަން ރުހުން ދީފައިވަނީ 54 މެމްބަރުންގެ ވޯޓާއެކުއެވެ.

ކިޔުންތެރިންގެ ހިޔާލު