އަމީތާބު ބައްޗަން، ގޫގުލް އިމޭޖެސް
އަމީތާބު ބައްޗަން، ގޫގުލް އިމޭޖެސް
ބޮލީވުޑްގެ މަޝްހޫރު ތަރި އަމީތާބު ބައްޗަން އަނެއްކާވެސް އިންޑިއާވެ އުއްތަޕްރަދޭޝްގެ ސިޓީއަކުން ބިމެއް ގަނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިފަހަރު އަމީތާބު ބިމެއް ގަނެފައިވަނީ އަގޯދާ ސިޓީގެ ރާމް މަންދިރު ކައިރިންނެވެ. އޭނާ މި ބިން ގަނެފައިވަނީ އޭނާގެ ބައްޕަ ހަރިވަންޝް ރާއި ބައްޗަންގެ ހަނދާނުގައި މެމޯރިއަލް އެއް ހެދުމަށް ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

މި ބިމަކީ 54,454 އަކަފޫޓުގެ ބިމެކެވެ. އޭނާ މި ޑީލު ފައިނަލް ކޮށްފައިވަނީ 2013 ގައި ގާއިމް ކުރި "ހަރިވަންޝް ރާއި ބައްޗަން" ޓްރަސްޓުފަންޑުންނެވެ. އެގޮތުން އަމީތާބު މި ބިން ގަނެފައިވަނީ 4.45 ކަރޯރު ރުޕީސް އަށް ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

އަމީތާބު ވަނީ މިއަހަރު ޖެނުއަރީމަހުވެސް ހަމަ މި ސިޓީއިން ބިމެއް ގަނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން