އަޖޭ ދޭވްގަން، ގޫގުލް އިމޭޖެސް
އަޖޭ ދޭވްގަން، ގޫގުލް އިމޭޖެސް
ސޯޝަލް މީޑިއާގައި މީހުންނަށް "ޓްރޮލް" ކުރަމުން ދުވަނީ ކުރާނެ ކަމެއް ނޭނގިގެން އުޅޭ މީހުން ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި އަޖޭ ދޭވްގަން ބުނެފިއެވެ.

އަޖޭ މިހެން ބުނެފައިވަނީ ގަނޭޝް އަޗާރިޔާގެ ފިލްމު "ޕިންޓޫ ކީ ޕައްޕީ" ލޯންޗު ކުރުމަށް ބޭއްވި އިވެންޓެއްގައި މީޑިއާތަކާ ވާހަކަދައްކަމުންނެވެ.

އެގޮތުން ސޯޝަލް މީޑިއާގައި ތިބޭ "ޓްރޮލް" އެކައުންޓުތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން އަޖޭ ބުނެފައިވަނީ އެމީހުން އެކަންތައް ކުރަނީ އެމީހުންގެ ކިބައިގައި ހުސްވަގުތުތައް ގިނަ ވުމުގެ ސަބަބުން ކަމަށެވެ. އޭނާ އިތުރަށް ބުނެފައިވަނީ މުހިންމު މީހުންނާ ގުޅޭ ގޮތުން އެފަދަ މީހުން ސޯޝަލް މީޑިއާގައި އެކި ޒާތުގެ ވާހަކަ ދައްކާނެ ކަމަށެވެ.

މީގެ ކުރިން ދިން އިންޓަވިއުއެއްގައިވެސް އަޖޭ ވަނީ ހަމަ މި މައުޟޫއަށް ވާހަކަ ދައްކާފައެވެ. އެގޮތުން އޭރު އޭނާ ބުނީ، އޭނާއަށް ކިތައްމެ ވަރަކަށް ޖަޖު ކޮށް، "ޓްރޮލް" ކުރިނަމަވެސް، އެ ދޭތެރެއަށް ދަރިން ވައްދައިގެން ނުވާނެ ކަމަށެވެ. އަދި ދަރިންނަށް މީހުން ފުރައްސާރަ ކުރާތީ އެކަމާ ދެރަވާ ކަމަށްވެސް އޭރު އަޖޭ ވަނީ ބުނެފައެވެ.

އަޖޭ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އަހަރު ފަހުކޮޅު ނެރުނު "ސިންގަމް އަގެއިން" އިންނެވެ. މި ފިލްމަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ،



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން