ޕާކިސްތާނުގެ ރޭލުން ރަހީނުކުރި 300 އަށް ވުރެ ގިނަ މީހުން ސަލާމަތްކޮށް ހުރިހާ ނިރުބަވެރިން މަރާލައިފި އެވެ.
ހަތިޔާރު ހިފައިގެން ތިބި ބަޔަކު މިދިޔަ އަންގާރަ ދުވަހު އާންމުން ރަހީނުކުރީ އެ މީހުން ކުއެޓާއިން ޕިޝާވަރަށް ރޭލުގައި ދަނިކޮށެވެ. އާންމުން ރަހީނުކުރުމުގެ ކުރިން ނިރުބަވެރިން ވަނީ ރޭލުގައި ބޮމެއްވެސް ގޮއްވާލައިފަ އެވެ.
ޕާކިސްތާނުގެ ސިފައިން ބުނީ 300 އަށް ވުރެ ގިނަ އާންމުން ސަލާމަތްކުރި އިރު އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ. އަދި މީހުން ސަލާމަތްކުރަން ހިންގި އޮޕަރޭޝަންގައި ނިރުބަވެރިންގެ 33 މީހަކު މަރާލި ކަމަށްވެސް ސިފައިން ބުނެއެވެ. އެއާއެކު އެ އޮޕަރޭޝަން މިހާރު ވަނީ ނިންމާލައިފަ އެވެ.
ޕާކިސްތާނުގެ މީޑިއާތަކުން ބުނީ 450 އެއްހާ އާންމުން ރަހީނުކުރި ކަމަށެވެ. ނަމަވެސް ޖުމްލަ އަދަދު އަދިވެސް ސާފެެއް ނުވެއެވެ.
ޕާކިސްތާނުގެ ސިފައިން ބުނީ ރަހީނުކޮށްފައި ތިބި މީހުންގެ ކައިރީގައި ބޮންތައް ވެސް ހަރުކޮށްފައި ހުރުމުން މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަން ކުރިއަށް ގެންދަން ގޮންޖެހުންތައް ކުރިމަތިވި ކަމަށެވެ.
ރަހީނުކުރުމުގެ ޒިންމާ ޕާކިސްތާނުގެ ނިރުބަވެރި ޖަމާއަތެއް ކަމަށްވާ ބަލޮޗް ލިބަރޭޝަން އާމީން ވަނީ ނަގައިފަ އެވެ. އެ ޖަމާއަތަކީ ޕާކިސްތާނުގެ ބަލޯޗިސްތާން ޕްރޮވިންސްގައި ވަކި ދައުލަތެއް އުފައްދަން ހަނގުރާމަކުރަމުންދާ ބައެކެވެ.
މައުދަނުން މުއްސަނދިވެފައިވާ ބަލޯޗިސްތާން ގައި ދޭތެރޭ ދޭތެރެއިން ޕާކިސްތާނުގެ ސިފައިންނަށާއި އެ ސަރަހައްދުގައި އިންޑަސްޓްރިއަލް މަސައްކަތް ކުރާ ބޭރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ހަމަލާތައް އަމާޒުވެ އެވެ.
މިދިޔަ އަހަރު ވެސް ޕާކިސްތާނުގައި ދިން ނިރުބަވެރި ހަމަލާތަކުގައި 1500 އެއްހާ މީހުން މަރުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު