ނުވަ ރަށެއްގައި ސިއްހީ ހިދުމަތްދޭ ތަންތަނުގެ އާ އިމާރާތް އަޅަން ހަވާލުކޮށްފި އެވެ.
އެ މަސައްކަތް ހަވާލުކުރީ ރޭ ހެލްތު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އެގޮތުން ތ. ވިލުފުށީ ހޮސްޕިޓަލް، ވ. ފެލިދޫ ހޮސްޕިޓަލް، ށ. މާއުނގޫދޫ ސިއްހީ މަރުކަޒު އަދި ނ. ފޮއްދޫ
ސިއްހީ މަރުކަޒުގެ މަސައްކަތް ރޭ ހަވާލުކުރީ އެމްޓީސީސީއާ އެވެ.
އަދި ހދ. ހަނިމާދޫ ހޮސްޕިޓަލް، އދ. މާމިގިލީ ހޮސްޕިޓަލް، ކ. ގާފަރު ސިއްހީ މަރުކަޒު އަދި ކުޅުދުއްފުށީ ދަމަނަވެށި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އާރުޑީސީއާއެވެ.
އޭގެ އިތުރުން ހދ. މަކުނުދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތް އަޅަން ރޭ ވަނީ ފެނަކައާ ހަވާލުކޮށްފަ އެވެ.
ގިނަ މަޝްރޫއުތައް މި އަހަރު ފެށޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އިރު ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ނާޒިމް ވިދާޅުވީ އެ މަޝްރޫއުތަކުގެ ތެރެއިން ސިއްހީ ދާއިރާއާ ގުޅޭ ގިނަ މަޝްރޫއުތައް ވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު