ލަފާކުރި ވަރާ ގާތަށް ވެސް އާމްދަނީއާއި ހިލޭ އެހީ ނުލިބޭތީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
އަޒާން މިއަދު އެކްސްގައި ވިދާޅުވީ މި އަހަރުގެ މިދިޔަ މަހުގެ ނިޔަލަށް 9.1 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރި ނަމަވެސް ލިބުނީ އެންމެ 5.5 ބިލިއަން ރުފިޔާ ކަމަށެވެ.
އަޒާން ވިދާޅުވީ ހިލޭ އެހީގެ ގޮތުގައި 408 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރި އިރު ލިބުނީވެސް 40 މިލިއަން ރުފިޔާ ކަމަށެވެ.
އޭގެ އިތުރުން ލޯނުގެ ގޮތުގައި ބޭރުން 664 މިލިއަން ލިބޭނެކަމަށް ލަފާކުރި އިރު ލިބުނީ އެންމެ 0.3 މިލިއަން ރުފިޔާ ކަމަށް އަޒާން ވިދާޅުވި އެވެ.
އެހެންކަމުން އައިއެމްއެފުން ލަފާ ދިފައިވާ ގޮތަށް ރިފޯމް ޕްރޮގްރާމްތައް ކުރިއަށް ގެންދަން އަޒާން ވަނީ ގޮވާލައްވާފައެވެ.
މިފަހަކަށް އައިސް އަޒާން ފާހަގަކުރެވެނީ ސަރުކާރަށާއި ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު