މާލެއިން އަންހެނަކު ގެއްލިގެން ހޯދަން ފަށާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ހާމަ ކޮށްފިއެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ ހ. ބްލޫލޫން، އުމުރުން 31 އަހަރުގެ ހައްވާ ހަސަން ކަމަށެވެ.
ފުލުހުން ބުނީ އޭނާ ގެއްލިގެން އާއިލާގެ ފަރާތުން މައްސަލަ ހުށަހަޅާފައިވަނީ މިމަހު 8 ގައި ކަމަށެވެ. އާއިލާއިން އޭނާ ގެއްލިގެން ރިޕޯޓު ކޮށްފައިވަނީ ގެއިން ދިޔަފަހުން ހަބަރެއް ނުވެ، ވީނުވީއެއް ނޭނގުމުންނެވެ.
މި މައްސަލަ ރިޕޯޓު ކުރުމާއެކު އެ އަންހެން މީހާ ހޯދުމަށްޓަކައި މަސައްކަތްތަކެއް ކުރިނަމަވެސް، މިހާތަނަށް ހައްވާ ހަސަން އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހައްވާ ހަސަން އާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަށް ލަސްނުކޮށް މާފަންނު ޕޮލިސް އިންވެސްޓިގޭޝަންގެ ޑިއުޓީ ނަންބަރު 9660183 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު