ލޯންޗުތަކަށް ހެންވޭރު ފެރީ ޓާމިނަލް ހުޅުވާލުމުގެ ތެރެއިން، ފޮޓޯ: ޕީއެސްއެމް
ލޯންޗުތަކަށް ހެންވޭރު ފެރީ ޓާމިނަލް ހުޅުވާލުމުގެ ތެރެއިން، ފޮޓޯ: ޕީއެސްއެމް
އަތޮޅުތަކުން މާލެ ދަތުރުކުރާ އަމިއްލަ ލޯންޗުފަހަރަށް އެމްޓީސީސީން ހިންގަމުންދާ ހެންވޭރު ފެރީ ޓާރމިނަލް މިއަދު ހުޅުވާލައިފިއެވެ.

އަތޮޅުތަކުން މާލެއަށް ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމަށް ހެންވޭރު ފެރީ ޓަރމިނަލް އަދި ހުޅުމާލެ ފެރީ ޓަރމިނަލްގެ ބަނދަރު، ފެރީ އޮޕަރޭޓް ކުރާ ފަރާތްތަކަށް ހުޅުވާލުމަށް އެމްޓީސީސީން ނިންމީ މި ރޯދަ މަހުއެވެ.

މި ޓާމިނަލްތައް ބޭނުން ކުރުމަށް ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލި ފުރުސަތުގައި ލޯންޗް ފެރީގެ ހިދުމަތް ފޯރުކޮށްދޭ 7 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ އދ. ކ. އަދި ބ. އަތޮޅުގެ ބައެއް ރަށްތަކަށް ފެރީގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކެވެ.

ލޯންޗުތަކަށް ހެންވޭރު ޓާމިނަލް ހުޅުވާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަހްމަދު ސައުދީ ވިދާޅުވީ ހެންވޭރު ފެރީ ޓާމިނަލަކީ ހުޅުލެއަށާއި ކްރޮސްރޯޑަށް ދަތުރުކުރާ ފެރީތައްވެސް ކައިރި ކުރާތަނެއް ކަމަށްވީނަމަވެސް، އަތޮޅުތަކުން އަންނަ ލޯންޗުތަކުގެ ޝެޑިއުލް ލިބުމުން އެތަނުން ފަސޭހަކަމާއެކު ހިދުމަތް ލިބޭނެ ކަމަށެވެ.

އަދި ހެންވޭރު ޓާމިނަލް ބޭނުން ކުރަން ގިނަ ފަރާތްތަކުން އެދިފައިވީނަމަވެސް، ހުޅުމާލެ ފެރީ ޓާމިނަލް ބޭނުން ކުރުމަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާކަމަށް ސައުދީ ވިދާޅުވިއެވެ. އެހެންނަމަވެސް ދަތުރުތައް ފެށުމުން ޝެޑިއުލަށް ބަދަކުތަކެއް އައިސް ހުޅުމާލެ ޓާމިނަލްވެސް ބޭނުން ކުރަން ފަށާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ސައުދީ ވަނީ ވިދާޅުވެފައެވެ.

ހެންވޭރު ޓާމިނަލަކީވެސް ބާރުބޮޑު ތަނަކަށްވުމުން ލޯންޗް ފެރީގެ ހިދުމަތް ދޭ ފަރާތްތައް ސަލާމަތީ ކަންކަމަށް ސަމާލުކަން ދިނުމަށް އެމްޓީސީސީން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން