ކުޑައިރުއްސުރެ އެންމެ ކަމުދިޔަ ފިލްމީ ތަރިއަކީ އާމިރު ޚާން ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ރަންބީރު ކަޕޫރު ބުނެފިއެވެ.
ރަންބީރު މިހެން ބުނެފައިވަނީ ދާދި ފަހުން އާމިރު އާއެކު އިޝްތިހާރެއްގައި މަސައްކަތް ކުރުމަށްފަހު އެކަމާ ގުޅޭ ގޮތުން މީޑިއާއާ ވާހަކަދައްކަމުންނެވެ. މި އިޝްތިހާރާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ރަންބީރު ބުނެފައިވަނީ އާމިރު އާއެކު މަސައްކަތް ކުރުމަކީ އޭނާ ދެކެމުން އައި ހުވަފެނެއް ކަމަށާއި، އާމިރުއާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވި ކަމަށެވެ.
ރަންބީރު އިތުރަށް ބުނެފައިވަނީ އާމިރު އަކީ އޭނާއަށް ކުޑައިރުއްސުރެވެސް އެންމެ ކަމުދިޔަ ތަރި ކަމަށާއި، އޭރުވެސް އެންމެެ މަސައްކަތް ކުރަން ބޭނުންވީ އާމިރު އާއެކު ކަމަށެވެ. އަދި މި އިޝްތިހާރުގައި އާމިރު އާއެކު ވަރަށް ގާތުން މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނުކަމަށާއި، ކްރިއޭޓިވް ޕްރޮސެސްގައިވެސް ގުޅިގެން މަސައްކަތްތަކެއް ކުރިކަމަށް ރަންބީރު ފާހަގަ ކުރިއެވެ.
މި އިޝްތިހާރު މިހާރު އާންމުކޮށްފައި ވާއިރު، މިއަށް އެތައް ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. އަދި އާމިރުއާއި ރަންބީރުގެ "އޮންސްކްރީން ކެމިސްޓްރީ" ރަނގަޅު ކަމަށްވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު