ބޮލީވުޑްގެ މަޝްހޫރު ތަރި އާމިރު ޚާނަށް 60 އަހަރު ފުރެން ކައިރިވެފައިވާއިރު، އަނެއްކާވެސް ލޯބި ހާސިލް ކުރެވިއްޖެކަން އޭނާ ހާމަކޮށްފިއެވެ.
އާމިރާއި ގޯރީ ސްޕްރެޓު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނެ ހަބަރު ފެތުރެން ފަށާފައިވަނިކޮށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި އާމިރު ވަނީ މިކަން ޔަގީން ކޮށްދީފައެވެ. އެގޮތުން އާމިރު ބުނެފައިވަނީ އޭނާ ގޯރީ އާ ދިމާވީ މީގެ 25 އަހަރު ކުރިން ކަމަށާއި، މިހާރު އެ ދެމީހުންނަކީ ލޯބިވެރިން ކަމަށެވެ.
އަދި އެމީހުންގެ ގުޅުން ވަރަށް ސީރިއަސް ކަމަށާއި، ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދޮޅު އަހަރަށްވުރެ ގިނަ ވެދާނެ ކަމަށްވެސް އާމިރު ވަނީ ބުނެފައެވެ.
މީގެ އިތުރުން އާމިރު ބުނެފައި ވަނީ އޭނާގެ އެންމެ ގާތް ދެ ރަހްމަތްތެރިން ކަމަށްވާ ސަލްމާނު އާއި ޝާހުރުކް އަށްވެސް ގޯރީ ތައާރަފް ކޮށްދީފައިވާ ކަމަށެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އާމިރު މިހާރު ދަނީ ބޮލީވުޑްގެ ދުނިޔެއަށް ގޯރީ ތައާރަފް ކުރުމުގެ ތައްޔާރީތައް ވަމުންނެވެ. އަދި އޭނާ ވަނީ ގޯރީއަށް ހާއްސަ ޕްރައިވެޓު ސެކިއުރިޓީން ހަމަޖައްސާފައި ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު