އިންސާނާ ހަލާކުގެ ތެރެއަށް ވެއްޓިގެންދަނީ އެމީހެއްގެ އަމަލުތައް ބައްޓަން ކުރަމުންދާ ގޮތުގެ ސަބަބުން ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ޕީއެންސީއިން ސިލްސިލާކޮށް ކުރިއަށްގެންދާ އިޙްޔާ ފޯރަމްގެ ދެވަނަ ފޯރަމްގައި "ކީރިތި ޤުރުއާނާއި ކައުނީ ސުންނަތް" މި މައުޟޫއަށް ތަޤްރީރުކުރައްވަމުންނެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ މި ކައުނު ﷲ ސުބްހާނަހޫ ވަތައާލާ ތަސްޚީރުކޮށް ކިޔަމަންތެރި ކުރައްވައިފައިވަނީ އިންސާނާއަށްޓަކައި ކަމަށެވެ. އަދި އިންސާނާ މި ބިންމަތީގައި ޚަލީފާވެރިކުރައްވައިފައިވަނީ، ﷲގެ އަމުރު މި ބިންމަތީގައި ތަޢުމީރުކޮށް، އުމްރާނީ ގޮތުން ބިން ކުރިއަރުވައި ތަރައްޤީކުރުމާއެކު މި ބިންމަތީގައި ﷲގެ އެއްކައުވަންތަކަން ޤާއިމްކުރުމުގެ މަތިވެރި މަގްސަދުގައިކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި ކައުނުގައި ވާހާއެއްޗެއް އިންސާނާއަށްޓަކައި ލައްވާފައިވާއިރު، އެ ނިއުމަތްތައް ރަނގަޅު އަދި ނުރަނގަޅު ގޮތަކަށްވެސް ބަދަލުވެގެންދާކަމަށެވެ. އަދި ކައުނުގައި ލައްވާފައިވާ ކަންކަން އެހެން ގޮތަކަށް ބަދަލުކުރުމުގެ އިޚްތިޔާރު އިންސާނާއަށް ލިބިފައިވާއިރު، ހަލާކުގެ ތެރެއަށް ދިއުމަކީ އިންސާނާގެ އަމަލާއި ގުޅިފައިވާ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެހެންވެ އެ މީހަކަށް ﷲ ސުބްހާނަހޫ ވަތަޢާލާ ދެއްވާފައިވާ ނިޢުމަތްތަކާމެދު ޝުކުރުވެރިވެ ދުނިޔެމަތީގައި އުޅުމަށް މިނިސްޓަރ ނަސޭހަތްތެރިވިއެވެ. އަދި ދުނިޔެއާއި އާޚިރަތުގެ ލާބައާއި މަންފާ ހޯދުމަށް މަސައްކަތް ކުރުމަށްވެސް މިނިސްޓަރ ވަނީ ނަސޭހަތްތެރި ވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު