ބޮލީވުޑްގެ މަޝްހޫރު ތަރު ޖޯން އަބްރަހަމްގެ ފިލްމު "ދަ ޑިޕްލޮމެޓު" ނެރުނު ދުވަހު ލަފާކުރި ވަރަށްވުރެ ބޮޑު އާމްދަނީއެއް ލިބުނު ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
މި ފިލްމުގެ އުފެއްދުންތެރިން ލަފާ ކުރީ ފިލްމު ނެރޭ ދުވަހު 2 ކަރޯޑް ރުޕީސްގެ އާމްދަނީއެއް ލިބޭނެކަމަށެވެ. ނަމަވެސް ފިލްމު ނެރުނު ދުވަހު ލަފާ ކުރި ގޮތާ ހިލާފަށް ފިލްމަށް ވަނީ 4 ކަރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފައެވެ. އަދި ދެވަނަ ދުވަހު ބޮކްސް އޮފީހުގައި މި ފިލްމަށް 5 ކަރޯޑާއި ގާތް ކުރާ އަދަދަކަށް އާމްދަނީ ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
"ދަ ޑިޕްލޮމެޓު" ނެރެފައިވަނީ މި މާޗު މަހު 14 ގައެވެ. މި ފިލްމަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާ ކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމު ޑައިރެކްޓު ކޮށްފައިވަނީ ޝިވަމް ނެއާރ އެވެ.
މި ފިލްމުގެ ލީޑުން ޖޯން އާއެކު ލީޑުން ފެނިގެންދާނީ ސާދިއާ ޚަތީބު، ކުމުދު މިޝްރާ އަދި ޝާރިބު ހާޝްމީއެވެ. 2 ދުވަސްގެރޭ ފިލްމަށް 8 ކަރޯރަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާތީ މި ފިލްމު ބޮކްސް އޮފީހުގައި ވަރަށް ކުރިއަރައި ދާނެ ކަމަށް ލަފާ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު