ބޮލީވުޑްގެ މަޝްހޫރު ތަރިން ޖޯން އަބްރަހަމް އަދި އަކްޝޭ ކުމާރު އެކުގައި ވަރަށް އަަވަހަށް ފެންނަން އުޅޭ ކަމަށް ބުނެ މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
މީޑިއާތަކުން މިހެން ރިޕޯޓު ކޮށްފައިވަނީ ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޖޯން މިކަަމަށް އިޝާރާތްކޮށް ވާހަކަތަކެއް ދެއްކުމާ ގުޅިގެންނެވެ.
އެގޮތުން ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޖޯން ވަނީ އޭނާ އެނބުރި ކޮމެޑީ ރޯލުތަކަށް ދާން ބޭނުންވާކަން ހާމަ ކޮށްފައެވެ. އަދި އަކްޝޭ ކުމާރު އާއެކު މިކަމާ ގުޅޭ ގޮތުން މަޝްވަރާތަކެއް ކޮށްފައިވާ ކަންވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
ޖޯން ބުނެފައިވަނީ މީހުން ހެއްވާލެވޭ ފަދަ މަޖާ ފިލްމެއްގައި މަސައްކަތް ކުރަން ބޭނުންވާ ކަމަށާއި، މިހާރު އެ ހިޔާލު އެކްސްޕްލޯ ކުރަމުންދާ ކަމަށެވެ. މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އޭނާ ވަނީ އޭނާއާއި އަކްޝޭ އެކުގައި މަސައްކަތް ކުރި "ގަރަމް މަސާލާ" ގެ ވާހަކަ ހިއްސާ ކޮށްފައެވެ.
މި ފިލްމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އޭނާ ބުނީ އެއީ ވަރަށް ހާއްސަ ފިލްމެއް ކަމަށާއި، އެފަދަ ފިލްމުތަކުގެ ސަބަބުން މީހުންގެ ދިރިއުޅުމަށް ބޮޑު ބަދަލުތަކެއް އަންނަ ކަމަށެވެ. ޖޯން ބުނެފައިވަނީ އެފަދަ ފިލްމެއްގައި އަނެެއްކާވެސް މަސައްކަތް ކުރަން ބޭނުންވާ ކަމަށާއި، މިހާރު ބޭނުންވަނީ ރަނގަޅު ސްކްރިޕްޓެއް ކަމަށެވެ.
އޭނާ އިތުރަށް ބުނީ އަކްޝޭ އާއެކު މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށާއި، މިކަން ވެއްޖެނަމަ އޭނާއާއެކު މަސައްކަތް ކުރުމުގެ ފުރުސަތު އަނެއްކާވެސް ލިބޭނެ ކަމަށެވެ. އަދި އަކްޝޭއާއެކު މަސައްކަތް ކުރާއިރު، ދެމީހުންގެ "އެނާޖީ" މެޗުވާ ކަމަށާއި، އެހެންވެ އޭނާއާއެކު ކޮލަބޮރޭޓު ކުރެވޭނެ ގޮތެއް ހޯދަނީ ކަމަށްވެސް ޖޯން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު