ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ފިލްމު "ސިކަންދަރު" ގެ އެންމެ ފަހުގެ ޝޫޓުތައް ނިމުމާއެކު ފިލްމުގެ ލީޑު ތަރި ސަލްމާނު ޚާން ތުނބުޅި ބާލައިފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ސަލްމާނު އަށް އަބަދުވެސް ކަަމުދަނީ ތުނބުޅި ބާލައިގެން ހުންނާށެވެ. ނަމަވެސް "ސިކަންދަރު" ގެ ޝޫޓުތައް ކުރުމަށްޓަަކައި އޭނާ ވަނީ އޭނާގެ ތުނބުޅި ދިގުކޮށްފައެވެ.
މިހާރު ފިލްމުގެ އެންމެ ފަހުގެ ޝޫޓުތައް ނިމިފައިވާއިރު، އެ ޝޫޓުތައް ނިމުމާއެކު ސަލްމާނު ވަނީ އޭނާގެ ތުނބުޅި ބާލާފައެވެ.
މި ފިލްމު ޝޫޓު ކޮށްފައިވަނީ 90 ދުވަސް ތެރޭގައެެވެ. އެގޮތުން މުމްބާއީ، ހައިދްރަބާދު އަދި މީގެ އިތުރުން އިންޑިއާގެ އެހެނިހެން ހިސާބުތަކުގައިވެސް މި ފިލްމުގެ ޝޫޓުތައް ކުރިއަށް ދިޔަ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
"ސިކަންދަރު" އަކީ މިއަހަރު ނެރޭ ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑަށް އިންތިޒާރު ކުރެވޭ އެއް ފިލްމެވެ. މި ފިލްމުގައި ސަލްމާނާއެކު ލީޑުން ފެންނާނީ ރަޝްމިކާ މަންދަނާ އެވެ. އަދި ނެގެޓިވް ރޯލުތަކުން ފެނިގެންދާނީ ސަތިޔަރާޖް އާއި ޕްރަތޭކު ބައްބަރު އެވެ.

ކިޔުންތެރިންގެ ހިޔާލު