ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލު ބޭރުކުރުމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ގޮވާލައްވައިފި އެވެ.
ފަނޑިޔާރުންގެ އަދަދު މަދުކުރެވޭ ގޮތަށް ހުށަހަޅި ބިލު މަޖިލީހުން ކުރިން ފާސްކުރި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލު ތަސްދީގު ނުކުރައްވައި އަލުން އެ ބިލު މަޖިލީހަށް ފޮނުވާލައްވައިފަ އެވެ.
އެ ބިލާ ގުޅޭ ގޮތުން އަލުން މިއަދު މަޖިލީހުގެ ތަޅުމުގައި ކުރި ބަހުސްގައި އަޒާން ވިދާޅުވީ މީގެ ކުރީގެ ވެރިކަންތަކުގައި އޮތީ ފަނޑިޔާރުގެއާ ކުޅެފައި ކަމަށެވެ. އެހެން ނަމަވެސް އަޅުގަނޑުމެން އެކަން ތަކުރާރުކުރަން ނުޖެހޭ ކަމަށް ވެސް އަޒާން ވިދާޅުވި އެވެ.
ހާއްސަކޮށް ރާއްޖެ މިހާރު މިއޮތް ދަނޑިވަޅަކީ ބޭރުގެ މާލީ އެހީތެރިކަމަށް ވަރަށް ބޮޑަށް ބޭނުންވެފައި އޮތް ދަނޑިވަޅަކަށްވުމާއެކު ބައިނަލްއަގުވާމީ ކްރެޑިޓް އޭޖެންސީތަކުން ރޭޓިން ދޭއިރު ފަނޑިޔާރުގޭގެ މިނިވަންކަމަށް ބަލާކަން ވެސް އަޒާން ފާހަގަ ކުރެއްވި އެވެ.
"އެހެންކަމުން އަޅުގަނޑު ގޮވާލާނީ މި ބިލު ވަގުތުން ބޭރުކުރުމަށް." އަޒާާން ވިދާޅުވި އެވެ.
އެ ބިލު ބޭރުކުރުމަށް އަޒާން ގޮވާލެއްވި ނަމަވެސް އެ ބިލުގެ ބަހުސް ނިންމައި ބިލު އިތުރަށް ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު