ގޮވާމުން ފިތުރު ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް އަންނަ ހޮނިހިރު ދުވަހުން ފެށިގެން އެ ފުރުސަތު ހުޅުވާލާނެ ކަމަށް ޒަކާތު ހައުސް އިން މިއަދު ބުނެފިއެވެ.
ޒަކާތު ހައުސް އިން ބުނީ އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރުވެސް ގޮވާމުގެ ބާވަތްތަކުން ފިތުރުޒަކާތް ދެއްކުމަށް ބޭނުންވާ ފަރާތަތްތަކަށް އެ ފުރުސަތު މި މަހުގެ 22 ވާ ހޮނިހިރު ދުވަހުން ފެށިގެން މި މަހުގެ 25 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލަން ހަމަޖެހިފައިވާކަމަށެވެ.
އެގޮތުން އެ ދުވަސްތަކުގައި ޒަކާތް ބަލައިގަންނާނީ މެންދުރު 1:00 އިން ހަވީރު 4:00 އާ ދެމެދު ކަމަށާއި ފިތުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެ ބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރުކަމަށް ޒަކާތު ހައުސް އިން ބުނެއެވެ.
މާލެ ސިޓީގައި ގޮވާމުން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މަޖީދިއްޔާ ސްކޫލުގެ ސަލާހުއްދީން ހޯލު (ކުރީގެ ދަރުމަވަންތަ ސްކޫލް ހޯލު) ގައެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވާ ބާވަތްތަކަކީ، އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަށް ފުށް އަދި އާޓާ ފުށެވެ.

ކިޔުންތެރިންގެ ހިޔާލު