ބޮލީވުޑްގެ ސުޕަސްޓާރު ތަރި ޝާހުރުކް ޚާން، "ޕުޝްޕާ" ގެ ޑައިރެކްޓަރު ސުސުކުމާރުއާއެކު މަސައްކަތް ކުރަން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ސުކުމާރު އާއި ޝާހުރުކްއާ ދެމެދު މަޝްވަރާތައް މިހާރު ކުރެވެމުންދަނީ ސިޔާސީ ކަންތައްތަކާ ގުޅޭ އެކްޝަން ފިލްމެއް އުފެއްދުމުގެ ގޮތުންނެވެ. އަދި މި ފިލްމުގައި ޝާހުރުކް ފެންނާނީ މީގެ ކުރިން ފެނިފައިނުވާފަދަ ރޯލަކުން ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
މި ފިލްމަށް އަދި ނަމެއް ދެވިފައި ނުވާއިރު، މި ފިލްމުގެ ވާހަކަ ބިނާވެގެންދާނީ މުޖްތަމައުގައި ހިނގާ ތަފާތު އެކިކަހަލަ މުހިންމު ކަންތައްތަކުގެ މައްޗަށެވެ. މި ފިލްމުގައި ޝާހުރުކް ފެނިގެންދާނީ "އެންޓި-ހީރޯ" ރޯލަކުން ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
މިއީ ބެލުންތެރިންނަށް ވަރަށް އުފާވެރި ހަބަރެއް ކަމުގައި ވީނަމަވެސް، މި ފިލްމުގެ މަސައްކަތްތައް ފެށޭނެކަމަށް ބެލެވެނީ 2027 ގެ ފަހުންނެވެ. ސަބަބަކީ ސުސުކުމާރު އާއި ޝާހުރުކްގެ ޝެޑިއުލްވެސް ކުރިއަށް އޮތް ދެ އަހަރަށް ވަރަށް ބާރު ބޮޑުވެފައިވާތީއެވެ.
މަދުވެގެން ދެ އަހަރު ވަންދެން އެއްވެސް އިތުރު ފިލްމަކަށް ސޮއި ނުކުރެވޭނެ ކަމަށް ޝާހުރުކް ބުނެފައިވާ ކަމަށް ރިޕޯޓުތަކުގަައި ވެއެވެ.
ޝާހުރުކް ދެން އެންމެ އަވަހަށް ފެނިގެންދާނީ "ކިންގު" އިންނެވެ. މި ފިލްމުގެ ޝޫޓުތައް މިއަހަރު މޭއި މަހު ފަށާނެއެވެ.

ކިޔުންތެރިންގެ ހިޔާލު