ސިކަންދަރުގެ ޕޯސްޓަރު، ގޫގުލް އިމޭޖެސް
ސިކަންދަރުގެ ޕޯސްޓަރު، ގޫގުލް އިމޭޖެސް
ބޮލީވުޑުން މިއަހަރު ނެރޭ ފިލްމުތަކުގެ ތެރެއިން އެންމެ އިންތިޒާރު ކުރެވޭ ފިލްމަކީ ސަލްމާނު ޚާންގެ "ސިކަންދަރު" އެވެ.

މިމަހު 30 ގައި "ސިކަންދަރު" ސިނަމާތަކަށް ނެރޭނެ ކަމަށް ފިލްމުގެ އުފެއްދުންތެރިން ކަށަވަރު ކޮށްދީފައިވާކަމަށް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. އަދި މިއީ މި ފިލްމު ނެރެން އެންމެ ރަނގަޅު ދުވަސް ކަމަށް ފިލްމުގެ އުފެއްދުންތެރިން ދެކޭ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

އާދީއްތަ ދުވަހެއްގައި މި ފިލްމު ނެރެން ނިންމާފައިވާއިރު، މި ފިލްމު ނެރެނީ ބޮޑު ޗުއްޓީއެއްގެ ތެރޭގައި ކަމަށްވެސް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. މިހެންވެ، ފިލްމު ނެރޭ ހަފްތާގައި ފިލްމަށް ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

މި ފިލްމު ނެރޭ ދުވަސް ކުޑަތަން ވެފައިވާއިރު، ފިލްމުގެ އުފެއްދުންތެރިން ދަނީ މި ފިލްމުގެ ބައެއް ލަވަތައް ނެރެމުންނެވެ. މި ލަވަތަކަށް އެތައް ބައެއްގެ ތަރުހީބު ލިބެމުންދާއިރު، ސަލްމާނު އާއި ރަޝްމިކާ މަންދަނާގެ ކެމިސްޓްރީއާ ގުޅޭ ގޮތުންވެސް ފެންނަނީ ވަރަށް ޕޮޒިޓިވް ކޮމެންޓުތަކެކެވެ.

އޭއާރު މުރުގަދޮސް ޑައިރެކްޓު ކުރާ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ކާޖަލް އަގަރްވާލް އަދި ޝަރްމަން ޖޯޝީވެސް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން