އިންޑިއާގެ މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ ކަރަން ޖޯހަރު ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އަތުވެއްޖެއެވެ.
ކަރަން ރާއްޖެ އައީ ބުދަ ދުވަހު އެވެ. އޭނާ ޗުއްޓީ ހޭދަކުރަމުންދަނީ ރާއްޖޭގެ މަޝްހޫރު ރިސޯޓެއް ކަމަށްވާ ޖުމެއިރާ އޮޅަހަލި އައިލޭންޑުގައެވެ. އިންސްޓަގްރާމު ސްޓޯރީއެއްގައި ކަރަން ވަނީ މިކަަން ހިއްސާ ކޮށް، ރިސޯޓުގެ މެހެމާންދާރީ ރަނގަޅުކަން ފާހަގަ ކޮށްފައެވެ.
ކަރަން ޗުއްޓީހޭދަކުރަން ރާއްޖެ އައިސްފައިމިވަނީ އޭނާގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ "ނާދާނިޔާ" އަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން މި ފިލްމުގެ ޑައިލޮގުތައް "ކްރިންޖު" ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ފާޑުކިޔާފަައެވެ.
މި ފާޑުކިޔުންތަކާ ގުޅޭ ގޮތުން ކަރަން ބުނެފައިވަނީ މީހުން އަބަދުވެސް އެކިކަހަލަ ވާހަކަ ދައްކާނެ ކަމަށާއި، އެންމެ ރަނގަޅު ވާނީ އެކަންތަކަށް އެހާ ބޮޑު ސަމާލުކަމެއް ނުދިނުން ކަމަށެވެ.
އަދި ފާޑުކިޔުންތައް ބަލައިގަތް ނަމަވެސް ވަކި ހަސަދައެއްގެ ސަބަބުން ބަޔަކަށް ނުވަތަ މީހަކަށް ޓާގެޓުކޮށް ދައްކާ ވާހަކަތައް ބަލައެއް ނުގަނެވޭނެ ކަމަށް ކަރަން ވަނީ ބުނެފައެވެ.
ކަރަން ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައީ ކިހާ މުއްދަތަކަށް ކަމެއް އަދި އެނގިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު