ދިޕިކާ ޕަދުކޯން، ގޫގުލް އިމޭޖެސް
ދިޕިކާ ޕަދުކޯން، ގޫގުލް އިމޭޖެސް
މަންމައަކަށް ވުމަށްފަހު އަމިއްލަ ނަފްސު ކުއްވެރިނުކޮށް މަސައްކަތުގެ މައިދާނަށް އެނބުރި ދާން މަސައްކަތް ކުރަމުންދާ ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ދިޕިކާ ޕަދުކޯން ބުނެފިއެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ދިޕިކާ ވަނީ މަންމައަކަށް ވުމަށްފަހު ދިމާވެފައިވާ ގޮންޖެހުންތައް ހިއްސާ ކޮށްފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ ދަރިފުޅު ދުނިޔެއަށް އައުމާއެކު އޭނާގެ ހުރިހާ ހިއްސެއް ބަދަލުވެފައިވާ ކަމަށާއި، މިހާރު އެންމެ ބޮޑަށް މަސައްކަތް ކުރަމުންދަނީ ދަރިފުޅާއެކު ވަގުތުހޭދަކުރުމާއި، މަސައްކަތް ބެލެންސް ކުރުމަށް ކަމަށެވެ.

އެގޮތުން ދަރިފުޅު ދޫކޮށް މަސައްކަތަށް އެނބުރި ދާއިރު އަމިއްލަ ނަފްސު ކުއްވެރިކުރެވޭ ކަމަށާއި، އަމިއްލަ ނަފްސު ކުއްވެރިނުކޮށް މަސައްކަތަށް އެނބުރި ދާން ބޭނުންވާ ކަމަށް ދިޕިކާ ވަނީ ބުނެފައެވެ.

ދިޕިކާ އިތުރަށް ބުނީ މިއީ ވަރަށް ގިނަ އަންހެނުންނަށް އިހުސާސްކުރެވޭ ކަމެއް ކަމަށާއި، އެހެން ނަމަވެސް މަންމައަކަށް ވުމާއި ކެރިއާއެއް ބިނާ ކުރުން ބެލެންސު ކުރަން އަބަދުވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ދީޕިކާ މަންމައަކަށް ވެފައިވަނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ 8 ގައެވެ. އޭނާއާއި ރަންވީރު އަށް ލިބިފައިވަނީ އަންހެން ކުއްޖެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން