އަތޮޅުއަތޮޅުގެ ރަށްރަށުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ކައުންސިލް އިމާރާތްތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބެލުމަަށް ކޮންމެ ރަށަކުންވެސް އެރަށެއްގެ ރައްޔިތުން ހިމެނޭގޮތަށް މޮނިޓަރިން ކޮމިޓީއެއް އެކުލަވާލަން ލޯކަލް ގަވަރނަންސް މިނިސްޓްރީން ނިންމައިފިއެވެ.
އެ މިނިސްޓްރީގެ މުވައްޒަފުންނަށް ހާއްސަ ކޮށްގެން ރޭ ބޭއްވި ތަރާވީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މިހާރު ބިންގާ އަޅާފައިވާ ހއ. ރ. އަދި ދ. އަތޮޅުގެ 17 ކައުންސިލް އިދާރާގެ ސިވިލް މަސައްކަތްތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އެ އިމާރާތްތަކުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށާނެނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ކުރެވޭނީ ކައުންސިލްތައް މެދުވެރިކޮށް، ރަށްރަށުގައި ތިބި މަސައްކަތްތެރިންނަށް ފުރުސަތު ލިބޭގޮތަށް ކަމަށެވެ. އަދި އިމާރާތްތަކުގެ ސިވިލް މަސައްކަތް އެ ރަށެއްގެ މަސައްކަތްތެރިންނާ ހަވާލުކުރުމުން ރަށްރަށަށް އިގްތިސާދީގޮތުން ކުރިއެރުން ލިބި، ރައްޔިތުންގެ ޖީބަށް ތަނަވަސްކަން ލިބިގެންދާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
އަދި މީގެ އިތުރުން ކޮންމެ ރަށެއްގައިވެސް އެ ރަށެއްގެ ރައްޔިތުން ޝާމިލުވާ މޮނިޓަރިން ކޮމިޓީއެއް ހިމެނިގެންދާނެ ކަމަށާއި، މީގެ ބޭނުމަކީ ކައުންސިލްތައް ބާރުވެރިކުރުވައި، ރައްޔިތުންގެ ބައިވެރިވުމާއި ހިއްސާ އިތުރުކުރުން ކަމުގައި މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުން އަޅަން ނިންމާފައިވާ 55 ކައުންސިލް އިމާރާތުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށެވެ. އަދި އަމާޒަކީ ކުރިއަށް އޮތް ދެ އަހަރުތެރޭ އެ މަސައްކަތް ނިންމާލުން ކަމަށްވެސްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު